އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމައިފި!

ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މިދިޔަ އަހަރުގެ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު 905 މިލިއަން ރުފިޔާ އެކުންފުނީގެ ހިއްސާދާރުންނަށް ބަހަން، ޑިރެކްޓަރުންގެ ބޯޑުން ނިންމަައިފި އެވެ.

 

ޒަމާނުއްސުރެ ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދެމުން އަންނަ ދިރާގުން މީގެ ކުރިން ވަނީ، މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.96ރ. ގެ ރޭޓުން 452.9 މިލިއަން ރުފިޔާ ބަހައިފަ އެވެ. 

 

ފަހު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.95ރ. ގެ ރޭޓުން ޖުމްލަ 452.2 މިލިއަން ރުފިޔާ ބެހުމުން، ހިއްސާދާރަކަށް މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 11.91ރ. ޖެހޭނެ ކަމަށް ދިރާގުން ހާމަކޮށްފައިވެއެވެ.

 

ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސަދާރަކަށް ބަހަން ކަނޑައެޅި 11.91ރ. (452.2 މިލިއަން ރުފިޔާ) ހިއްސާދާރުންނަށް ބަހާނީ މިއަހަރު އޮންނަ އަހަރީ އާއްމު ޖަލްސާގައި ފާސްކުރުމުންނެވެ.

 

ދިރާގުން އާއްމުންނަށް ހިއްސާ ވިއްކި ފަހުން ކޮންމެ އަހަރަކު ހިއްސާދާރުންނަށް، ފައިދާގެ 100 އިންސައްތަ ބަހަ އެވެ. އެ ކުންފުނިން ހިއްސާގެ ފައިދާ ބަހަނީ ދެބަޔަކަށް ބަހާލައިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ