އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ﷲ ގެ ޙަޟްރަތުގައި ލަދުވެތިވެތިވާން ނުޖެހި، ސުވަރުގެ ލިބޭނެ ފަސޭހަ މަގުތައް ވަރަށް ގިނަ! ލިބިގަންނަން ހިތްވަރުކުރޭ!: މުފްތީ މެންކް

ﷲ ގެ ޙަޟްރަތުގައި ލަދުވެތިވެތިވާން ނުޖެހި، ސުވަރުގެ ލިބޭނެ ފަސޭހަ މަގުތައް ވަރަށް ގިނަ! ލިބިގަންނަން ހިތްވަރުކުރޭ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 4 ސިކުންތު

ނަމާދުގެ ކުރީސަފަށް އަރައިފިނަމަ 1000 ރިޔާލަ، ދެވަނަ ސަފަށް އަރައިފިނަމަ 800 ރިޔާލަ ތިންވަނަ ސަފަށް އަރައިފިނަމަ 600 ރިޔާލް ދޭނެ ކަމަށް ނިކަން ބުނެބަލާށެވެ! މިސްކިތަށް ޖަމާއަތަށް ނަމާދަށް އަރާ ކޮންމެ މީހަކަށް 500 ރިޔާލް ދޭނެ ކަމަށް ނިކަން ބުނެބަލާށެވެ. އެންމެ ކުރީ ސަފު ހޯދަން ތަޅައިފޮޅައިވެސް ގަންނާނެއެވެ. މިސްކިތް ފުރި ތޮއްޖެހޭނެއެވެ. 

ނަމަވެސް އެކަމަށް ﷲ ތަޢާލާ ގިނަ ގުނަ ސަވާބު ދެއްވަވާނެ ކަމަށް އަންގަވާފައިވުމުން އަދި ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބޭނީ ނަމާދުކޮށްގެން ކަމަށް އަންގަވާފައި އޮތުމުން އެކަމަށް ސަމާލުކަން އެބަ ދެވޭ ހެއްޔެވެ؟ އެމީހަކަށް ސަމާލުކަން ދެވޭ ވަރާއިމެދު އެމީހަކު އަމިއްލައަށް ވިސްނައިލާށެވެ.

ނިކަން ވިސްނައިބަލާށެވެ! އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަގުތު ނުއެނގޭއިރު އެމީހެއްގެ މަރު ހިއްޕެވީ ޓީވީބަލަން، ޗެޓްކުރަން ނުވަތަ އެނޫންވެސް އެފަދަ ކަމެއްގައި އިންދައި ކަމަށް ވެއްޖެ ނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނީ ކީކޭ ހެއްޔެވެ؟ ނިކަން ޖަވާބުދީބަލާށެވެ!

ﷲ ތަޢާލާގެ ޙަޟްރަތުގައި ލަދުވެތިވާން ނުޖެހޭނެ ހެއްޔެވެ؟ ހިތާމަކޮށް ކަރުނައަޅަން ނުޖެހޭނެ ހެއްޔެވެ؟ 

ހިތާމައަކީ މިފަދަ ކަންކަމަށް މީހުންގެ ސަމާލުކަން ކުޑަވަމުންދާ ކަމެވެ. އެމީހެއްގެ ކަންކަމުގެ ހިސާބު އެންމެ ރަނގަޅަށް ބެލޭނީ ހަމަ އެމީހަކަށެވެ. އަމިއްލަ ނަފްސުގެ ހިސާބު ނިކަން ބަލައިލަބަލާށެވެ! ކޮންމެ ދުވަހެއް ނިމިގެންދާއިރު ގިނަ ވަގުތު ހޭދަކުރެވެނީ ސޯޝަލް މީޑިއާގައާއި ޓީވީ ބެލުން ފަދަ ކަންކަމުގައިތޯ ނުވަތަ ޛިކްރްކުރަން ކަމާއިމެދު އެވެ. 

އިންސާނަކަށް ވީތީ ޓީވީބަލައިލެވިދާނެއެވެ! ނަމަވެސް ބަލަންވާނީ ހުއްދަ މަންޒަރުތަކާއި ހުއްދަ ކަންކަމެވެ. އަދި ވާހަކަދައްކަން ޖެހޭ މީހަކާ ޗެޓްވެސް ކުރެވިދާނެއެވެ. މުހިންމީ އެކަމަށް ހޭދަކުރާ ވަގުތު މަދުކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ ވަގުތު އިތުރުކޮށް ޛިކްރްކުރުން ވީހައި ގިނަ ކުރުމެވެ.  

އެންމެހައި އަޚުންނާއި އުޚުތުންނޭވެ! ވަގުތުތައް ބޭކާރު ނުކުރާށެވެ. ހުސްވަގުކޮޅެއް ލިބިއްޖެނަމަ ދުލަށް ފަސޭހަ ކޮންމެވެސް ހެޔޮ ކަލިމައެއް ޛިކްރް ކުރާށެވެ. އެއީ ކިތަންމެ ކުރު ކަލިމައަކަށްވީނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. ބޭނުންވަނީ ވީހައި ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. (لا إله إلا الله،  سُـبْـحَـانَ ٱلله،  وَالْحَمْدُ لِلَّهِ،  سُبْحَانَ اللّهِ وَ بِحَمْدِهِ) ފަދަ ކުރު ކަލިމަތަކަކީ މީޒާނުގައި އިންތިހާއަށް ބުރަ ކަލިމަ ތަކެކެވެ. އެންމެން ހިތުދަސް އަދި ދޫމައްޗަށް އެހައިމެ ފަސޭހަ ކަލިމަތަކެކެވެ. 

ދޫމައްޗަށް ވަރަށް ފަސޭހަ އަދި ހެޔޮކަމުގެ މީޒާނުގައި ނުހަނު ބުރަ ދެ ކަލިމައެއް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެއީ 

ނިކަން ވިސްނައިބަލާށެވެ! މި ދެކަލިމައަކީ ދޫމައްޗަށް ނުހަނު ފަސޭހަ މީޒާނުގައި އެހައި ބުރަ ދެކަލިމަ ކަމަށް ރަސޫލް (ޞޢވ) ބަޔާންކޮށްދެއްވަވާފައިވާއިރުވެސް އެތައް ދުވަހެއް ފާއިތުވެގެންދާއިރުވެސް އެދެކަލިމަ ޝައުޤްވެރިކަމާއިއެކު ކިޔައިނުލެވޭކަމީ ކޮން ފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ މިބުނެވުނީ ކަން ހިނގަމުންދާ ގޮތް ނޫންތޯ އަމިއްލައަށް ވިސްނައިލަދޭށެވެ! އެއިރުން އެނގޭނެއެވެ. އަދިވެސް ބުނަން ހެއްޔެވެ؟ މި ދެ ކަލިމަ އިޚްލާޞްތެރިކަމާއިއެކު އެންމެފަހަރަކު ކިޔުމުން ދެއްވަވާނެ ސަވާބާއި ދަރުމަ ދުނިޔޭގައިވާ ހުރިހާ މުއްސަނދި ކަމަކަށްވުރެ މާމަތިވެރިކަން ޔަޤީނެވެ.  

މީހަކާއި ވާހަކަ ދެއްކި ނަމަވެސް ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށް ﷲ ތަޢާލާގެ ނަންފުޅުކިޔައި ﷲ ތަޢާލާ މަތިވެރިކުރާށެވެ! މަރުގެ މަލާއިކަތާ ވަޑައިގެން މަރު ހިއްޕަވާނީ ހަމަ އެވާހަކައިގައި ހުއްޓައި ނޫންކަން ވެސް އެނގެނީއަކީ ނޫނެއް ނޫން ހެއްޔެވެ؟ 

ނިކަން ވިސްނައިބަލާށެވެ! ގިނަގިނައިން ﷲ ތަޢާލާ ހަނދުމަ ނުކުރުމާއި ޛިކްރް ނުކުރުމަކީ ކުރެވޭ ކުށެކެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަ ކުރުމާއި ޛިކްރް ކުރުމަކީ ސުވަރުގެ ދިއުމަށް މަގުފަހިވާނެ ކަންކަމެވެ. ވީއިރު އެކަންކަން ކުރަން ތިއަ ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް ތިބާގެ އަތުން އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހޭނެއެވެ. އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ތަނުގައި އެކަންކަން ކުރުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އެހައިމެ މަތިވެރިއެވެ. އެހައިމެ ގިނައެވެ. ވީއިރު އެ ނިޢްމަތްތައް ލިބިގަންނަން ތިއަ ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟

ﷲގެ ޙަޟްރަތުގައި ލަދުވެތިވެތިވާން ޖެހޭނެ މީހަކަށް ނުވެވެތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހާއަށް ސުވަރުގެ ލިބޭނެ ފަސޭހަ މަގުތައް ވަރަށް ގިނައެވެ. އަހަރެމެންނަށް އޮތީ ސުވަރުގެ  ލިބިގަންނަން ގަދައަޅައި ހިތްވަރުކުރުމެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

 

އާރޓިކަލް ރޭޓްކުރައްވާ


42%
ވ.ރަނގަޅު
0%
ރަނގަޅު
42%
އޯކޭ
14%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް