އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސަލާމަތްކަން އެދޭނަމަ ކުރިއަށް ދާންވީ އެންމެ ތާއީދު ބޮޑު މީހާ ފަހަތަކުން ނޫން - އެންމެ ތަޤްވާވެރި މީހާގެ ފަހަތުން!: މުފްތީ މެންކް

ސަލާމަތްކަން އެދޭނަމަ ކުރިއަށް ދާންވީ އެންމެ ތާއީދު ބޮޑު މީހާ ފަހަތަކުން ނޫން - އެންމެ ތަޤްވާވެރި މީހާގެ ފަހަތުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކާމިޔާބު މީހަކަށް ވެވޭނީ ދުނިޔެ ނުވަތަ މުޖުތަމައުގެ ގިނަ ބައަކު ބުނާގޮތަށް އުޅޭ މީހުންނަށް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ސަލާމަތްކަން ލިބޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމުންނެވެ. 

މުޖުތަމައުގެ ގިނަ ބައަކު ބޭނުންވާ ގޮތަށް އުޅެގެން މުޖުތަމައުގެ ތާއީދު ހޯދިދާނެއެވެ. ނަމަވެސް އެ މުޖުތަމައުއަކީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މުޖުތަމައުއެއް ނޫން ނަމަ އެ ތާއީދަކީ ހަޤީޤަތުގައި އެއްވެސް ފައިދާއެއް ހުރި އެއްޗެއް ނޫނެވެ. 

ޣައިރު މުސްލިމް ބައެއް ޤައުމުތަކުގައި ރައްޔިތުންގެ ތާއީދު ލިބިގެން އެތައް އަހަރަކު ވެރިކަންކުރާ މީހުން އެބަ އުޅެއެވެ. އެމެރިކާގެ ވެރިކަން ވެސް އެޤައުމުގެ ޤާނޫނުގައި ހުއްދަކުރާ އެންމެ ދިގު މުއްދަތަށް، 10 އަހަރު އެކުރަނީ ނޫންހެއްޔެވެ؟ 

ރައްޔިތުންގެ ކިތަންމެ ބޮޑު ތާއީދެއް އޮތް ނަމަވެސް އެއީ ސުވަރުގެ ވަދެވޭ ސަބަބެއް ނޫނެވެ. ސުވަރުގެ ވަދެވޭނީ ހަމައެކަނި ﷲ ތަޢާލާގެ ރުއްސެވުން ލިބިގެންނެވެ. އެހެންކަމުން ރައްޔިތުންގެ ކިތަންމެ ބޮޑު ތާއީދެއް އޮތް ނަމަވެސް އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއަކު ކަމުގައި ނުވަނީނަމަ އެމީހެއްގެ ފަހަތުގައި އަބަދު އެލިގަނެގެން އޮތުމަކީވެސް ސުވަރުގެ ވަދެވޭނެ ސަބަބެއް ނޫނެވެ. 

ސުވަރުގެ އެދޭނަމަ ކުރިއަށްދާންވީ އެމީހަކަށް ތާއީދުކުރާ ރައްޔިތުންގެ އަދަދުބަލައި އެންމެ ގިނަ މީހުން ތާއީދުކުރާ މީހެއްގެ ފަހަތަކުން ނޫނެވެ. ކުރިއަށްދާންވީ އެންމެ ތަޤްވާވެރި މީހާ ބަލައި އެމީހެއްގެ ފަހަތުންނެވެ. ކުރަންވީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑު މީހާ ބުނާ ކަންކަމެއްވެސް ނޫނެވެ. ކުރަންވީ އެކަމެއް ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމެވެ. އެގޮތުގައި ކަންކަން ކުރެވޭނީ ތަޤްވާވެރިންނާއިއެކު އުޅެ އެބައެއްގެ ފަހަތުން ކުރިއަށް ދިއުމުންނެވެ. 

ގަދައަޅައި މަސައްކަތްކުރަންވީ ތަޤްވާވެރިންނާއިއެކު މަހްޝަރު ކުރައްވަވައި ދެއްވަވާތޯއެވެ! އެންމެ ތާއީދު ބޮޑު މީހާ އާއިއެކު މަޙްޝަރު ކުރައްވަވައި ދެއްވަވާތޯއެއް ނޫނެވެ. ނަމަވެސް ހިތާމައަކީ ގިނަ ބައަކަށް މިއަދު މިކަންކަން ވަރަށް ބޮޑަށް އޮޅިފައިވާތީއެވެ. ތަޤްވާވެރި ހެޔޮލަފާ މީހުންނަށްވުރެ މަޝްހޫރު، ތާއީދު ބޮޑު މީހުންނަށް ލޯބިކުރެވޭ މިންވަރު އިތުރުވެފައިވާތީއެވެ!

-މުފްތީ މެންކުގެ ދަރުސަކުން  

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
20%
ރަނގަޅު
20%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް