އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބ. އަތޮޅުގެ ތިން ރަށެއްގައި "އީކޯ ސެންޓްރޯ" ތަކެއް ގާއިމްކުރަން ނިންމައިފި

ބ. އަތޮޅުގެ ތިން ރަށެއްގައި "އީކޯ ސެންޓްރޯ" ތަކެއް ގާއިމްކުރަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ކުނި އަލުން ބޭނުން ކުރެވޭ ގޮތް ހަދާ، ކުނި އެންދުން ހުއްޓާލުމަށް ބ. އަތޮޅުގެ ތިން ރަށެއްގައި "އީކޯ ސެންޓްރޯ" ތަކެއް ގާއިމުކުރުމަށް ސޮނޭވާފުށި ރިސޯޓުން ނިންމައިފި އެވެ.

 

އެގޮތުން ސޮނޭވާފުއްޓާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ ބ. ދަރަވަންދޫ އާއި މާޅޮހުގެ އިތުރުން އެއަތޮޅު ކިހާދޫ އެވެ.

 

"ނަމޫނާ ބ. އަތޮޅު" ގެ ނަމުގައި ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ކުނި ނައްތާލަން ނިންމާފައި ވަނީ ކުނީގެ ގޮތުން އުކާލެވޭ ތަކެތި އަލުން ބޭނުން ކުރެވޭގޮތް ހަދައިގެން ކަމަށް އެނގިފައިވެއެވެ.

 

ސޮނޭވާފުށި ރިސޯޓުގައި މިހާރުވެސް  "އީކޯ ސެންޓްރޯ" އެއް ހިންގަ އެވެ. އެ ތަނުގައި އުފެދޭ އެކިއެކި ކުނި ފުނޑުފުނޑުކޮށް އޭގެން ތަފާތުތަކެތި އުފައްދަ އެވެ. މީގެތެރޭގައި އިމާރާތް ހެދުމަށް ބޭނުންވާ ގާއެޅުމާއި ގަސް ކާނާ ހިމެނެ އެވެ. އަދި އެ ރިސޯޓުން އުކާލާ ހުރިހާ ޕްލާސްޓިކް ކުންޏެއް އެގޮތަށް ބޭނުން ކުރެ އެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ