އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލަންވީ ޖަމާކުރި މީހާއެއް ނޫން - އެމްއެމްޕީއާރުސީގެ ފައިސާ ވަދެފަހުރި އެކައުންޓްތައް!

ބަލަންވީ ޖަމާކުރި މީހާއެއް ނޫން - އެމްއެމްޕީއާރުސީގެ ފައިސާ ވަދެފަހުރި އެކައުންޓްތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގައި ރައްޔިތުންގެ އަތުން ވަގަށް ނެގިފައިސާ 155 އެކައުންޓަކަށް ޖަމާވިކަމަށް މިހާރު މިވަނީ މައުލޫމާތު ލިބިފައެވެ. މިހާރު ބަލަންވީ އެ ފައިސާ ޖަމާކުރީ ކާކުތޯއެއް ނޫނެވެ. ޖަމާކޮށްފައިވަނީ ކޮންބައެއްގެ އެކައުންޓަކަށްތޯއެވެ! އެހެނީ އެއްވެސް މީހަކު ވައްކަން ކުރުމަށްފަހު ވައްކަމުން ލިބުނު ފައިސާ އެކަމާއި ގުޅުމެއްނެތް، އެކަމުގައި ބައިވެރިވުން ނެތް މީހެއްގެ އެކައުންޓަށް ޖަކުރާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ. 

އެއީ މީގެ 30 25 ވަރަކަށް އަހަރު ކުރި ކަމަށްވެދާނެއެވެ. ހުޅުމާލޭ ފެރީޓަރމިނަލް މާލޭގައި އެހުރި ސަރަހައްދުގައި ބޯޓްޔާޑް ހުރި ދުވަސްވަރެވެ. އެއްޖިންސުން ގުޅުންހިންގުމަށް މަޝްހޫރު މާލޭ ބޭފުޅަކު ސްކޫލެއްގެ ދަރިވަރަކު ގޮވައިގެން ވަޑައިގެން އެސަރަހައްދުގެ ތޮށިގަނޑުމަތީގައި އެކަން ކުރައްވަނިކޮށް ސިފައިން އަތުލައިގަތެވެ. ޝަރީއަތަށްވެސް ގެންދިއައެވެ.

ޝަރިއަތުގައި އެބެފުޅާ ދެންނެވީ އެއީ އެބޭފުޅާ އާއި އެއްވެސް ގުޅުމެއް ހުރި މައްސަލައެއް ނޫން ކަމަށެވެ. ހުޅުލެއަށް ބޯޓު ޖައްސާތަން ބައްލަވަން ތޮށިގަނޑުމަތީގައި އޮންނަވަނިކޮށް އަވަހާރަފުޅު ލެއްޕެވުނީ ކަމަށާއި ހޭފުޅު ލެއްވުނީވެސް އެކުއްޖާ އައިސް އެކަމެއް ކުރަނިކޮށް ކަމަށެވެ.

މައްސަލަ ނިމުނީ އެބޭފުޅާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުނުވެއެވެ. ކުށްވެރިވީ އެކުއްޖާއެވެ. އެބޭފުޅާ ހަމަ ސަރުކާރުގެ ބޮޑު މަޤާމުގައި އެހުންނެވި ގޮތަށް ހުންނެވީއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަވެސް އަދި މިފެންނަނީ ހަމަ ދާދިއެއް މަގަކުން ކުރިއަށްދާތަނެވެ. މައްސަލަ ކުރިއަށް އަދި މިދާގޮތުން އަދީބަށް މިވަނީ ވަރަށް ނުރައްކައުތެރި ބައްޔެއް ޖެހިފައެވެ. އަދީބަށް ޖެހުނު ބައްޔަކީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމަށްފަހު އެހެން މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްދޭހިތްވާ ބައްޔެވެ. 155 މީހަކަށް ޖެހުނު ބައްޔަކީ މިލިއަން މިލިއަނުން އަމިއްލަ އެކައުންޓަށް އަދީބު ކިޔާ މީހަކު ފައިސާޖަމާކުރާއިރު އެ އަދީބަކީ އަމިއްލަ ގޮތުން އެފަދަ ތަނަވަސްކަމެއް ނެތް މީހަކުކަން އެނގޭއިރުވެސް މިފައިސާ މިއީ ކިހިނަކުން ޖަމާކުރާ ފައިސާއެއްކަން ބަލައިވެސް ނުލައި ބޭނުންކުރުމުގެ ބައްޔެވެ. 

މިއީ ވަރަށް ނުރައްކައުތެރި ބައްޔެކެވެ. މިބަލީގެ ޒާތަށް ބަލައިފިނަމަ މިހައި ފުޅައު ދާއިރާއެއްގައި މިފަދަ ބައްޔެއް ފެތުރި މިހައި ގިނަ ބައަކަށް ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.

އަދީބުގެ މައްޗަށް ހިންގާ ޝަރީއަތް ކުރިއަށްދާތަން އަދި މިފެންނަނީ ހަމަ އެބޭފުޅާގެ މައްސަލަ ކުރިއަށް ގެންދިއަ ގޮތަށެވެ. ޚިޔާނާތުގެ ފައިސާ ލިބުނު މީހުން ވައްކަން އަދީބާއިހަމައިން ހުއްޓޭކަމަށް ބުނުމުން އަދި މިފެންނަނީ ހަމަ އެގޮތަށް ހުއްޓޭތަނެވެ.

މިމައްސަލައިގައި ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެފައިވަނީ "މި 155 އެކައުންޓަކީ ކޮން ބައަކަށް ނިސްބަތްވާ އެކައުންޓެއްކަން ހާމަކުރަންދެން މަޖިލިސް އިންތިޚާބު ފަސްކުރަންޖެހޭ" ކަމަށެވެ. 

ޝައިޚް ޝަފީޢު މިފަދަ މޭރުމަކުން ވިދާޅުވެފައި މިވަނީ މި 155 މީހުންގެތެރެއިން ބައަކު މަޖިލިސް އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފިނަމަ މައްސަލަ ބަލަން އިތުރު ހުރަސްތައް ކުރިމަތިވާނެތީ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް