އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް މައުމޫންގެ ހަތަރު ބޭފުޅުން ފައިސާ ދައްކަވައިފި

ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް މައުމޫންގެ ހަތަރު ބޭފުޅުން ފައިސާ ދައްކަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އަށް ދެ މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދެއްކުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ހަތަރު ބޭފުޅުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް، އެބޭފުޅުން އެފައިސާ ދައްކަވައިފިއެވެ. 

ރައީސް މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން އަދި ފާރިސް މައުމޫނު ގެ އިތުރުން ޣައްސާން މައުމޫންގެ މައްޗަށް 2017 ވަނަ އަހަރުގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 2.1 މިލިއަން ރުދިޔާ އާރްސީސީ އަށް ދެއްކުމަށެވެ. އެބޭފުޅުންގެ މައްޗަށް ހުކުމް ކުރީ އެބޭފުޅުންގެ ނަންމަތީގައި އޮތް ގޯއްޗެއް އިމާރާތްކޮށްފައި ފައިސާ ނުދައްކައި ހުރި ކަމަށް ބުނެއެވެ. 

ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ މައްޗަށް ކޮށްފައިވާ މިހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ވެސް ކޮށްފައެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އެމައްސަލައިގެ އަޑުއެހުމަށް އެބޭފުޅުންގެ ވަކީލު ހާޒިރު ނުވުން އެމައްސަލަ ވަނީ ހައިކޯޓުން ބޭރުކޮށްލާފައެވެ.

އެބޭފުޅުން އެފައިސާ ދެއްކެވި ނަމަވެސް އެފައިސާ ދެއްކެވީ މަލްޙަތު ހުރި ގޮތުން ކަމަށް ރައީސް މައުމޫންގެ އާއިލީ އަރިސް ބޭފުޅަކު ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ