އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އަކިލޭޝް މިޝްރާ، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

އަކިލޭޝް މިޝްރާ، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އަކިލެޝް މިޝްރާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

 

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރިއަށް އޮތްތާނގައި މިގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި އެކިދާއިރާތާކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއިމެދުވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

 

އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައިވެސް ސަފީރު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުކޮށްލެއްވުމުގައި ސަފީރު ވަނީ މި ސަރުކާރުގެ މަސައްކަތްތަކަށާއި ޚާއްޞަކޮށް ސަރުކާރުން ގެންގުޅުއްވާ ޑިމޮކްރަސީގެ ހަރުދަނާ ސިޔާސަތުތަކަށް ތަޢުރީފުކުރައްވައިފައެވެ.

 

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަކިލެޝް މިޝްރާގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ބަހާއި ސަގާފަތް ދަސްކުރެއްވުމުގައި ބެހެއްޓެވި ޝައުޤުވެރިކަން ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވައި މިހާރުއޮތް ރަހުމަތްތެރި ގުޅުން ކުރިމަގުގައިވެސް އެގޮތުގައި ދެމެހެއްޓެވުމަށް އެދިވަޑައިގެންފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ