އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަ ޑިރެކްޓަރ، ނައިބު ރައީސް އާއި ބައްދަލު ކުރައްވައިފި

ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަ ޑިރެކްޓަރ، ނައިބު ރައީސް އާއި ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ހަރ އެކްސެލަންސީ ޑޮކްޓަރ އައިޑާ ސްވަރަޔީ ރިޑިހައު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

 

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިމާ ހުރަސްތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

 

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައްދަލުކޮށްލެއްވުމަށް ފުރުޞަތެއް ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ. އަދި ދިވެހިރާއްޖެއާއި ވޯލްޑް ބޭންކާ ދެމެދު އޮންނަ ގާތް ކަމަށް ބައްލަވައިލައްވައި ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެ ބޭންކަށް ވެވެން އޮތް މިންވަރަކަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ އިއާދަކުރަނިވި ހަކަތައާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އަދި ރައްޔިތުންގެ ފައިސާ ރަނގަޅު ގޮތުގައި ހޭދަކުރާނެ ގޮތްތައް ކަނޑައެޅުމުގައި އެހީތެރިވުމަށް ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައެވެ.

 

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބެންކުން ވޭތުވެދިޔަ އަހަރުތަކުގައި ދެއްވާފައިވާ އެހީތަކަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ވަރލްޑް ބޭންކްގެ ޑިރެކްޓަރ މިއަދުގެ ބައްދަލުވުމުގައި ދެއްވާފައިވާ ރަނގަޅު ޚިޔާލުފުޅު ތަކަށްވެސް ޝުކުރުއަދާކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ