އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސް ފައިސަލް ނަސީމް "ވަން ފުވައްމުލައް" ޖަމިއްޔާގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް "ވަން ފުވައްމުލައް" ޖަމިއްޔާގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ފުވައްމުލައް ސިޓީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ވަން ފުވައްވުމައް" ޖަމިއްޔާގެ މެމްބަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފިއެވެ. 

މިބައްދަލުވުމުގައި އެޖަމިއްޔާގެ ފަރާތުން ފުވައްމުލަކުގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކާއި އާންމުންނާއި ގުޅިގެން ބާއްވާ އިޖުތިމާއީ ހަރަކާތްތަކާއިބެހޭ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ. އަދި ފުވައްމުލައް ސިޓީގެ ކަންކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް އެޖަމިއްޔާގެ ފަރާތުން ނައިބު ރައީސް އާއި ހިއްސާ ކުރެއްވިއެވެ. 

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފުވައްމުލައް ސިޓީގެ ކަންކަން އެތަނުގެ ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އެކިއެކި މުހިންމު މައްސަލަތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުންފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގަމުން ގެންދިޔުމަކީ "ވަން ފުވައްމުލައް" ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް މުހިންމު މަސައްކަތެއްކަން ވެސް ނައިބު ރައީސް ފާހަގަ ކުރައްވާ، އެކަމަށް ހިތްވަރު ދެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ