އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދަރިން ހޯދަން ބޭނުންވެ، މަސައްކަތްކޮށްވެސް ނުލިބޭނަމަ މާޔޫސް ނުވެ އެހެން މީހުންގެ ދަރިންނަށް އެހިތެރިވާ މީހަކަށްވާށެވެ!: މުފްތީ މެންކް

ދަރިން ހޯދަން ބޭނުންވެ، މަސައްކަތްކޮށްވެސް ނުލިބޭނަމަ މާޔޫސް ނުވެ އެހެން މީހުންގެ ދަރިންނަށް އެހިތެރިވާ މީހަކަށްވާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ކޮންމެ މީހަކީވެސް އަމިއްލަ ދަރިން ބޭނުންވާނެ މީހެކެވެ. ދަރިން ލިބުން ލަސްވާނަމަ ހޯދަން މަސައްކަތްވެސް ކުރެވޭނެއެވެ. ކުރަންވެސް ޖެހޭނެއެވެ. އެގޮތުންވެސް ދަރިއަކު ނުލިބިއްޖެނަމަ ހަޔާތާއިމެދު މާޔޫސް ނުވާށެވެ! އެހެނީ އެއިގެ މާނައަކީ ތިބާއަށް ދަރިން ލިބުމަށްވުރެ ނުލިބުން ރަނގަޅުވުމެވެ. އެއީ އަހަރެމެން އަމިއްލައަށް ކަނޑައަޅާ ކަމެއް ނޫނެވެ. އެކަން ކަނޑައަޅުއްވަވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ.

ތިބާ ދަރިއަކު ބޭނުންވެއެވެ. ހޯދަން މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ނުލިބުނެވެ. ނިކަން ވިސްނައިލަބަލާށެވެ! އެކަމުގައި އިތުރަށް އަމިއްލައަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެހާލަތުގައި އޮތީ މާޔޫސްވުމެއް ނޫނެވެ. އަވަހަށް އެހެން މީހުންގެ ދަރިންނަށް އެހީތެރިވާ މީހަކަށްވާށެވެ! ތިބާއަށް އެންމެ ހެޔޮކަންބޮޑު ފައިދާހުރި ގޮތަކީ އެއީ ކަމަށް ޤަބޫލުކުރާށެވެ. 

އެހެން މީހުންގެ ދަރިންނަށް އެހީތެރިވުމަށް ވިސްނާނަމަ ފުރަތަމަ އިސްކަން ދޭންވާނީ އަމިއްލަ ޢާއިލާޢަށެވެ. ދަތިހާލުގައި ބައަކު އުޅޭނަމަ އެމީހުންގެ ދަރިންނަށް އެހީތެރިވުމަށެވެ. އަމިއްލައަށް ގެންގުޅެ ބޮޑުކުރަން ނަމަވެސްމެއެވެ. ބޭރުން ކުއްޖަކު ހޯދަންވާނީ ޢާއިލާގެ ތެރެއިން ނުލިބުނު ނަމައެވެ.  

ހަމައެޢާއިއެކު ޔަތީމްކުދިން ބަލަހައްޓާ ތަންތަނަށް ގޮސްގެން ވެސް އެހީތެރިވެވިދާނެއެވެ. ކުދިން ބަލައިވެސް ދެވިދާނެއެވެ. ޚަރަދުވެސް ކުރެވިދާނެއެވެ. ކެރިފޯރުންތެރިކަން ހުރިނަމަ ދެކަންތައްވެސް ކުރެވިދާނެއެވެ. 

މިވާހަކަތައް ދައްކަން މިޖެހެނީ ދަރިން ނުލިބުމުގެ މައްސަލައިގައި ބައެއް މީހުން މާޔޫސްވަމުން ގޮސް ދުނިޔެމަތިންވެސް އެބަ ފޫހިވެއެވެ. ކައިވެނި މަތިންވެސް އެބަފޫހިވެއެވެ. މިގޮތަށް ދަމުން ގޮސް ބައެއް ފަހަރު ނަފްސާނީ ބައްޔަކަށްވެސް ވެގެން އެބަދެއެވެ.     އެހާލަތުތައް މެދުވެރި އެވަނީ ހަމަ އީމާންތެރިކަން ކުޑަވުމުންނެވެ. ﷲ ތަޢާލާއަށް ކުރެވޭ އިތުބާރު ކުޑަވުމުންނެވެ. 

މިގޮތަށްވެސް ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ތިބާއަށް ދަރިއަކު ނުދެއްވެވީ ދެއްވަވައިފިނަމަ ތިބާގެ ބޮލުގައި އަޅަންޖެހޭ ޒިންމާ ބޮޑުވެ އެކަމުން ތިބާ ފާފަވެރިވެދާނެ ކަމަށްޓަކައި ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ؟ ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ނޫން ހެއްޔެވެ؟

އަދިވެސް ވިސްނައިލާށެވެ! އެތައް ބައިވަރު ދަރިން ތިބެމެ މައިން ބަފައިންނަށް އެއްވެސް އެހީތެރިކަމެއް ފޯރުވައި ނުދީވެސް ދަރިން އެބައުޅޭ ނޫން ހެއްޔެވެ؟ އަދި މުސްކުޅިވާ ދުވަހު އަޅައިވެސް ނުލައި މަގުމަތިވެސް ކޮށްލަނީ ނޫންހެއްޔެވެ؟ ވީމާ އަމިއްލައަށް ދަރިއަކު ނުލިބުމަކީ ތިމާއަށް ކުރިމަތިވި އެންމެ ބޮޑު މުޞީބާތް ކަމުގައި ހީނުކުރާށެވެ! އަދި އެއީ ތިބާއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލުކުރާށެވެ! އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން 

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
10%
ރަނގަޅު
25%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް