އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަމަހު މީރާއިން 2.13 ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަމަހު މީރާއިން 2.13 ބިލިއަން ރުފިޔާ ބަލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މިދިޔަ ޖަނަވަރީ މަހުގައި މީރާއަށް 2.13 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ. މިއަދަދަކީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %2.2 އިތުރު އަދަދެކެވެ.

ޖަނަވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، އަދި، ޑިސެންބަރު 2017 އާއި އަޅާ ބަލާއިރު ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު %5.4 އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމެވެ.

ޖަނަވަރީ2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ %41.4ނުވަތަ 881.56މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީޖީ.އެސް.ޓީއިންނެވެ. އެއީ %37.5 ނުވަތަ 799.24 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 78.26 މިލިއަން ރުފިޔާ(%3.7)،ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި76.5މިލިއަން ރުފިޔާ(%3.6)،އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި59.62 މިލިއަން ރުފިޔާ (%2.8) އަދިއެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ235.48 މިލިއަން ރުފިޔާ)%11.1)ހިމެނެއެވެ.

ޖަނަވަރީ2019ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 67.8 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު