އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޔޫރަޕާ ސާކްގެ އަޣްލަބިއްޔަތަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން!

ޔޫރަޕާ ސާކްގެ އަޣްލަބިއްޔަތަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ޔޫރްޕާއި ސާކުގެ އަޣްލަބިއްޔަތު އޮތް ގޮތް ކަމަށް ދެކޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ސަބަބަކީ ޔޫރަޕުގައި އަޣްލަބިއްޔަތު އޮތީ ކްރިސްޓިއަނުންނަށް ކަމަށްވެފައި ސާކުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެ ފިޔަވައި އެހެން ހުރިހާ ޤައުމުތަކަކީވެސް ހުރިހާ ދީންތަކެއް ހުއްދަ ޤައުމުތަކަކަށްވާތީއެވެ.

ސާކުގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮތް ބަނގްލަދޭޝްއަކީ މުސްލިމް ޤައުމެއް ނަމަވެސް ބަންގްލަދޭޝްއަކީ ސަރުކާރުން ލައިސަންސްދިގެން ފާހިޝް އަމަލުތައް ހިންގާ ޤައުމެކެވެ. އިސްލާމް ދީނަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވަމުންދާ އެއް ޤައުމެވެ. ޒުވާނުންގެ ތާއީދު ހޯދުމަށްޓަކައި ސަރުކާރުން ވަނީ ޒުވާނުން ކުރަން ބޭނުން ހުރިހާ ކަމެއް ހުއްދަކޮށްފައެވެ.

އާބާދީގެ ގޮތުން ސާކުގެ އެންމެ ބޮޑު ޤައުމުކަމަށްވާ އިންޑިއާއަކީ އެއް ޖިންސުން ކައިވެނި ކުރުން ވެސް މިހާރު ހުއްދަކޮށްފައިވާ ޤައުމެކެވެ. ރާއްޖެއަކީ ސަރަހައްދާއި އާބާދީގެ ގޮތުން އެންމެ ކުޑަ ޤައުމު ނަމަވެސް ރާއްޖެއަކީ މިފަދަ އެއްވެސް ކަމެއް ހުއްދަކުރާނެ ޤައުމެއް ނޫނެވެ. އިން ޝާ ﷲ!

ކަންކަން މިހެން ހުރުމުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަނޑައެޅުމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަމަލުކުރާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައިގެން ކަންކަމެއް ނުނިންމޭނެއެވެ. ރާއްޖެއިން ނިންމަން ޖެހޭނީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތެކެވެ. ދިވެހިރައްޔިތުންގެ އަޣްލިަބިއްޔަތު އެކަމަކަށް އެދިެދި ތިބި ގޮތަކަށެވެ.

ވީމާ ސިޔާސީ ބޭނުންތަކަށްޓަކައި ނަމަވެސް ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ޔޫރަޕާއި ސާކުގެ ނުވަތަ ދުނިޔޭގެ އަޣްލަބިއްޔަތު އޮތްގޮތްކަމަށް ދައްކުވައިގެން ރައްޔިތުންގެ ވިސްނުން ބަދަލުކުރުވަން މަސައްކަތްކުރުމަކީ ދިވެހިން ދުވަހަކުވެސް ބަލައިގަންނާނެ ގޮތެއް ނޫނެވެ! އިން ޝާ ﷲ!

ދުނިޔޭގެ ޗާޓަށް ބަލައިފިނަމަ ރާއްޖެއަކީ ތިނޯހެއްގެ ކުރިން ޖަހާފައިވާ ތިކިތަކެއް ފަދަ ކުޑަކުޑަ ޤައުމެކެވެ.

ނަމަވެސް ކުރިއަރަމުން އައިސް ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކުގެ ސަމާލުކަން ރާއްޖެއަށް ލިބި ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުން ރާއްޖޭގެ ތާއީދަށް އެދެންޖެހިފައިވާ ޤައުމެއްގެ ފެންވަރަށް ރާއްޖެ ކުރިއަރުވާފައި މިވަނީ ރާއްޖޭގެ ރައްޔިތުން އަމަލުކޮށްފައިވާ ހަރުދަނާ ސިޔާސަތުންނެވެ.

އަމިއްލަވަންތަކަން ދިފާޢުކޮށްގެން ކުރިއަށްދާން ކުރި ކުރި މަސައްކަތްތަކުގެ ނަތީޖާއިންނެވެ. އެއްވެސް ހާލެއްގައި ދުނިޔޭގެ އަޣްލަބިއްޔަތަށް ބަލައި އަމަލުކޮށްގެނެއް ނޫނެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް