އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލިސް ފަށާނެ ދުވަހާއި ގުޅޭގޮތުން މަޝްވަރާ ކުރަނީ

މަޖިލިސް ފަށާނެ ދުވަހާއި ގުޅޭގޮތުން މަޝްވަރާ ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަރާމާތުކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދާތީ، މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތަކާއިމެދު، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، ސިޔާސީ ޕާޓީތަކުގެ ޕީޖީ ގުރޫޕުގެ ލީޑަރުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މަޖިލީސްކުރާ ގޭގައި މިވަގުތު ކުރިއަށްދާ މިބައްދަލުވުމުގައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، ޕީޕީއެމް ގެ އިތުރުން އެމްޑީއޭއާއި އަދާލަތު ޕާޓީގެ ފަރާތުން ވެސް ވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންފައިވާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އެޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒެވެ. އަދި ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ބައިވެރިވެވަޑައިގެންފައިވާއިރު، އެމްޑީއޭގެ ޕީޖީ ގުރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފެވެ.

އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ މަޖިލީހުގައި އެޕާޓީ ތަމްސީލުކުރައްވާ ހަމައެކަނި މެންބަރު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ