އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސުވަރުގެ ދެވޭނެ ފަސޭހަ މަގުތައް ފެންނަން ހުއްޓައި އިތުރު މަގުތައް ހޯދަން އުޅެނީ ކީއްވެ؟ އިތުރު މަގެއް ނުފެންނާނެ!

ސުވަރުގެ ދެވޭނެ ފަސޭހަ މަގުތައް ފެންނަން ހުއްޓައި އިތުރު މަގުތައް ހޯދަން އުޅެނީ ކީއްވެ؟ އިތުރު މަގެއް ނުފެންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ސުވަރުގެ އެދޭ މީހާ ސުވަރުގެ ޙާޞިލުކުރަން ކުރަންވީ މަސައްކަތްތައް ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުން ވަރަށް ސާފުކޮށް އެނގި ފެންނަން އެބައޮތެވެ. ނަމަވެސް ބައެއް އަދިވެސް އުޅެނީ އިތުރު މަގެއް ފެނޭތޯއެވެ. ފަސޭހަ މަގެއް ފެނޭތޯއެވެ. ނަމަވެސް އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ރަސޫލް (ޞޢވ) ވަނީ ހުރިހާ މަގުތަކެއް ދައްކަވައި ދެއްވައިފައެވެ. ވީއިރު އިތުރު މަގެއް ދެއްކޭނީ ކާކަށް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ސުވަރުގެ އެދޭ މީހާ ފަރުޟުތައް ބަރާބަރަށް އަދާކުރުމާއިއެކު ހެނދުނާއި ހަވީރު ގިނަގިނައިން ޛިކްރްކުރާށެވެ. ބައެއް ޛިކްރްތައް ކިޔައިލަން ނަގާނީ އެންމެ 10 ވަރަކަށް މިނީޓެވެ. ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކުރުންމަތީގައި ދެމިހުންނާށެވެ. ދުލާއި ޖިންސީ ގުނަވަން ސަލާމަތްކުރާށެވެ. ސުންނަތް ރޯދަ ހިފުމާއި ޞަދަޤާތް ދިނުން އިތުރުކުރާށެވެ. މިހިރީ ހައްތާވެސް ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް (ޞޢވ) ދެއްވަވާފައިވާ ކަންކަމެވެ.

އިޚްލާޞްތެރިކަމާއިއެކު ނަރަކައިން ސަލާމަތްކޮށްދެއްވެވުމަށާއި ސުވަރުގެ ވައްދަވައި ދެއްވެވުން އެދި 3 ފަހަރު މުސްލިމަކު ދުޢާކޮށްފިނަމަ އެމީހަކު ސުވަރުގެ ވައްދަވައިދެއްވެވުމަށް އެދި ސުވަރުގެ ﷲ ތަޢާލާއަށް ދަންނަވާނެތެވެ. އަދި އެމީހަކު ނަރަކައަށް ނުވައްދަވައި ނަރަކައިން ސަލާމަތްކޮށްދެއްވެވުމަށް އެދި ނަރަކަ ﷲ ތަޢާލާއަށް ދަންނަވާނެތެވެ. 

ނަމަވެސް ތެދުވެރިކަމާއިއެކު ނިކަން ބުނެބަލާށެވެ! މިނިޓެއްހައިއިރު ތެރޭ ކޮށްލެވޭނެ މިކުރު ދުޢާ ކޮންމެ ދުވަހަކު ކުރަނީ ތިއަބައިމީހުންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އެވަރުގެ ކުޑަ ކަމަކަށްވެސް އެންމެން މިތިބީ ޣާފިލުވެގެންނެވެ.

ނިކަން ވިސްނައިބަލާށެވެ! ކޮންމެ ރަމަޟާން މަހަކު އެއް ހާސް މައްސަރުގެ ބަރަކާތް ލެއްވިގެންވާ އެއް ރޭ އައިސް އަހަރެމެންނާއި އެބަ ބައްދަލުކުރެއެވެ. އެ ރޭ އެދިގެން އަޅުކަން ކޮށްފި މީހާކަށް ލިބިގެން އެދަނީ 84 އަހަރު ދުވަހު އަޅުކަންކުރި ކަމުގެ ސަވާބާއި ދަރުމައެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! އަބަދުވެސް ކުރާ ކަމަކީ އެ ރޭ ދެނެގަތުމަށްޓަކައި ވާހަކަ ދެއްކުމެވެ. ކިތަންމެ ވަރަކަށް އެވާހަކަތައް ދެއްކި ނަމަވެސް އެއީ އެނގޭނެ ރެއެއް ނޫނެވެ. ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވާ ރެއެއް ހޯދޭނީ ކާކަށް ހެއްޔެވެ؟ ހަމަ އެކަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ.

ނަމަވެސް ނިކަން ބުނެބަލާށެވެ! އެ ރެއަކީ ކޮން ރެއެއްކަން ހޯދަން މަސައްކަތްކުރާ ގާތަކަށް ވެސް އެ ރޭ ލިބިގަތުމަށް އަޅުކަން ކުރެވޭ ހެއްޔެވެ؟ ވީއިރު އަހަރެމެންގެ ވިސްނުމަށް އައިސްފައި މިވަނީ ކޮން ފަދަ ހިތާމަހުރި ބަދަލުތަކެއް ހެއްޔެވެ؟ އަޅެ އަހަރެމެންނަކީ ބުއްދި ފުރިހަމަ ބައެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! އުޅެންވީ އިތުރު ގިނަ ގޮތްތައް ހޯދާކަށް ނޫނެވެ. މަސައްކަތް ކުރަންވީ ﷲ ތަޢާލާ އަންގަވާދފައިވާ މަގުގައި ސާބިތުވުމަށެވެ. އެއިރުން އަހަރެމެންގެ ހުރިހައިކަމެއްވެސް ދާނީ ކުރިއަރަމުންނެވެ. އެންމެ އެދޭ ސުވަރުގެ ވެސް ނުހަނު ފަސޭހަކަމާއިއެކު ލިބިގެންދާނެއެވެ! އިންޝާ ﷲ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

އާރޓިކަލް ރޭޓްކުރައްވާ


60%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް