އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ދުވަހަކު ވެސް ނޫޅެ: ރައީސް ނަޝިދު

ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ދުވަހަކު ވެސް ނޫޅެ: ރައީސް ނަޝިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ރާއްޖެ އަޅުވެތި ކުރަން އިންޑިއާ އިން ދުވަހަކު ވެސް ނޫޅެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝިދު ވިދާޅުވީ ރާއްޖެ އަޅުވެތި ކުރަން އިންޑިއާ ސަރުކާރުން ދުވަހަކު ވެސް ނޫޅޭކަމަށާއި އެގޮތަށް މަސައްކަތް ކޮށްފައި ނުވަނީ އެއީ އެމީހުންގެ މަސްލަހަތު އޮތް ކަމަކަށް ނުވާތީ ކަމަށެވެ. އަދި ޑިމޮކްރެޓިކް ވެރިކަންތައް ހިންގަމުން އަންނަ އިރު އެއްބައެއްގެ މިނިވަންކަން ނަގައިލުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ދެ ގައުމުގެ އަސްކަރިއްޔާއާ ދެމެދު އޮންނަން ގުޅުން ބަދަހިވުމަކީ ރާއްޖެ އަށާއި މުޅި އެތެރެވަރިއަށް މުހިއްމު ކަމެއްކަމަށެވެ.

 

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާގެ އަސްކަރިއްޔާގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް އޮންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު