އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގްލަދޭޝް މީހުން ރާއްޖެ ނައުމަށް އެޤައުމުގެ ސަރުކާރުން އެދިއްޖެ

ބަންގްލަދޭޝް މީހުން ރާއްޖެ ނައުމަށް އެޤައުމުގެ ސަރުކާރުން އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ބަންގްލަދޭޝްގެ މީހުން ވަޒީފާ ހޯދައި ރާއްޖޭގައި މަސައްކަތް ކުރަން ނައުމަށް އެގައުމުގެ އެމްޕްލޯއިމެންޓް މިނިސްޓްރީން އެދިއްޖެއެވެ.

 

ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހެއްކަމަށްވާ ނިއު އޭޖްގައި ބުނެފައިވަނީ، ވަޒީފާ ހޯދަން ރާއްޖެ އައިސް ތިބި އެޤައުމުގެ އެތައް ބަޔަކަށް ވަޒީފާ ހަމަނުޖެހިގެން އެބަ ތިބި ކަމަށާއި ބަންގްލަދޭޝް ރައްޔިތުން ރާއްޖެ އައުން ހުއްޓާލަން ޖެހޭ ކަމަށެވެ.

 

މީގެއިތުރުން އެނޫހުގައި ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ ނައުމަށް ރާއްޖޭގައި ހުންނަ އެޤައުމުގެ ހައިކޮމިޝަނުން ވެސް އެދިފައިވާ ކަމަށެވެ.

 

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އަދި އެމީހުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ނުދީ އެމީހުންނަށް އިހާނެތިކޮށް ކަންތައް ކުރާ ކަމުގެ ތުހުމަތުތަކާއި ޝަކުވާތައް ދަނީ ވަރަށް ގިނައިން އުފުލަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ