އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު ނަރަކަ މީސްތަކުންނާއި ކައިރިކުރެވޭ ވަގުތު ނަރަކައިން ނުކުންނަ ބިރުވެރި އަޑުން އެކަނިވެސް ބިރުން ފިތްކެނޑިގެންދާނެ!

ޤިޔާމަތް ދުވަހު ނަރަކަ މީސްތަކުންނާއި ކައިރިކުރެވޭ ވަގުތު ނަރަކައިން ނުކުންނަ ބިރުވެރި އަޑުން އެކަނިވެސް ބިރުން ފިތްކެނޑިގެންދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ޤިޔާމަތް ދުވަހު ނަރަކަ މީސްތަކުންނާއި ކައިރިކުރެވޭ ވަގުތު ނަރަކައިން ނުކުންނަ ބިރުވެރި އަޑުގެ ސަބަބުން އެކަނިވެސް މީސްތަކުން ބިރުން ފިތްކެނޑިގެންދާނެއެވެ. އެއަޑު ސިފަކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ބިރުވެރި އެއް އަޑަކީ ސިންގާއެއް ވަރަށް ކައިރިން ގޮވާލާ އަޑުކަމަށް އަހަރެމެންނަށް ހީކުރެބވިދާނެއެވެ. ނަމަވެސް ނަރަކައިން ނުކުންނަ އަޑަކީ އެއަށްވުރެވެސް މާ ބިރުވެރި އަޑެކެވެ. އެތައް ހާސް ގުނައެއް ބާރު އަޑެވެ. 

ނަރަކަ ކައިރިކުރެވޭތަން ފެނުމާއިއެކު އެންމެ ހެޔޮލަފާ، އެންމެ ގިނަ ހެޔޮ އަމަލުތައް ކޮށް އުޅުނު މީހުން ވެސް ބިރުން ހަލާކުވާވަރުވާނެއެވެ. އެމީހަކަށް ކުރެވުނު ހެޔޮ އަމަލުތައް މާދުކަމަށް ޤަބޫލުކުރެވި ބިރުން ތުރުތުރުއަޅަން ފަށާނެއެވެ. ނަރަކައިން ތިމާ ސަލާމަތްވާނެ ކަމާއިމެދު ހިތުގައި ބިރުވެރިކަން އުތުރި އަރަން ފަށާނެއެވެ. 

ޙަދީޘްފުޅުގައި ބަޔާންވެގެންވަނީ ނަރަކަ މީސްތަކުންނާއި ޣާތްކުރެވޭހިނދު  އިބްރާހީމްގެފާނު ﷲ ތަޢާލާގެ ޢަރްޝިކޮޅު ކައިރީގައި ދެ ކަކޫފުޅު ޖައްސަވައި "އަޅަމެންނަށް ސަލާމަތްކަން" ދެއްވެވުން އެދިވަޑައިގަންނަވާނެ ކަމަށެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އިބްރާހީމްގެފާނަކީ ﷲ ތަޢާލާގެ ޚަލީލް، މިތުރެވެ. އެބޭކަލަކު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާނެ އެއްވެސް ކަމެއް ކުރިމަތިވެވަޑައި ނުގަންނަވާނެ ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ ބޭކަލެކެވެ. ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެން އެކަމުގެ ޔަޤީންކަމުގައި ހުންނެވި ބޭކަލެކެވެ. އެހެންކަމަށްވާއިރު އިބްރާހީމްގެފާނުގެ ޙާލުކޮޅު މިގޮތަށް ހުންނާނެއިރު އަހަރެމެންގެ ހާލު ހުންނާނެގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! 

ހިތަށް ގެނެސްބަލާށެވެ! އެ ފަދަ މަތިވެރިކަން ލިބިވަޑައިގެން ހުންނެވި އިބްރާހީމްގެފާނު އާދައިގެ ސަލާންޖަހާ މީހެއް ފަދައިން ދެކަކޫފުޅު ޖައްސަވައި ސަލާމަތްކަމަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ހާލަތަށް ކަންކަން ދާއިރު އެތަނެއްގައި ބިރުވެރިކަން ޢާންމުވެފައި އޮންނާނެ މިންވަރަށެވެ. 

ޙަޤީޤަތުގައި މިއަޑު މިނުކުންނަނީ ކީއްވެގެން ހެއްޔެވެ؟ ނަރަކަ އެއިރު އޮންނާނީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންކަމުން ބަނޑުފުރައިލުމަށްޓަކައި ކާފިރުންތައް އަވަހަށް ކައިލަން ބޭނުންވެގެންނެވެ. އެއަޑު ނުކުންނާނީ ދެ ގޮތަކަށެވެ. ނޭވާ އެތެރެއަށް ދަމާފައި ބޭރުކުރާ ފަދަ ގޮތަކަށެވެ. 

ނަރަކަ އެ ބިރުވެރި އަޑުން އެބުނަނީ ކީކޭ ކަމަށްހެއްޔެވެ؟ "ދުނިޔޭގައި ހިތަށް އެރިހައި ގޮތަކަށް ފާފަތައް ކުރި މީހުންތައް ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވީ މީހުންތައް ކޮބައިހެއްޔެވެ؟ ﷲ ތަޢާލާގެ އެއްކައުވްނަތަކަން ޤަބޫލު ނުކުރި މީހުންތައް ކޮބައިހެއްޔެވެ؟ އަވަހަށް ގެންނާށެވެ! އަހަރެންގެ ބަނޑުހައިކަން ފިލުވުމަށެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް