އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައްކަމެއް ކޮށްފައެއް ނޯންނާނެ! މައްސަލަ ބަލާ، ގޯހެއް އުޅޭނަމަ އިސްތިއުފާ ދޭނަން!: މަޙްލޫފް

ވައްކަމެއް ކޮށްފައެއް ނޯންނާނެ! މައްސަލަ ބަލާ، ގޯހެއް އުޅޭނަމަ އިސްތިއުފާ ދޭނަން!: މަޙްލޫފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކުރި ޑޮލަރަކީ، ސައްހަ ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން އެކައުންޓަށް ވަދެފައިވާ ޑޮލަރު ކަމަށާއި ވައްކަމެއް ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެމްއެމްޕީއާރުސީގެ 1.4 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ، ތަހުގީގު ރިޕޯޓެއް އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވަނީ މިނިސްޓަރ މަހުލޫފުގެ ބީއެމްއެލް އެކައުންޓަށް 33،000 ޑޮލަރު (508،860ރ.) ވަދެފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެމަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އެއީ އޭނާގެ އާއިލާއިން "ދަ ޖީންސް"ގެ ނަމުގައި ފިހާރައެއް ހިންގި އިރު، ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއް ކަމަށާއި އެކަން ހިނގާފައިވާ ގޮތް އޭސީސީންނާއި މިފަދަ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން ބެލުމަށް ވެސް ޔޫތު މިނިސްޓަރ މަޙުލޫފް ވަނީ އެދިފަ އެވެ. 

އެގޮތުން މިނިސްޓަރ ވިދާޅުވީ، މިމައްސަލަ ރަނގަޅަށް ބެލުމަށް ފަހު އެކަމުގައި ގޯހެއް އުޅޭނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ ދަ ޖީންސް ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތި، އަޅުގަނޑުގެ ޑޮލަރު އެކައުންޓެއް އޮތުމުންކަން ފާހަގަ ކުރަމެވެ. އެމުއާމަލާތް ހިންގީ އަޅުގަނޑުގެ ކޮއްކޮ އަލީ މުބީން މެދުވެރިކޮށެވެ. އަދި އެޑޮލަރު ގަތުމަށް ބޭނުންވާ ދިވެހި ފައިސާ ނަގުދު ފައިސާގެ ގޮތުގައި އެކުންފުންޏަށް ދެއްކީމެވެ." އެސްއޯއެފާ އެކު ޑޮލަރު ގަތުމަށް ހިންގި މުއާމަލާތުގެ ރަސީދާ އެކު މަހުލޫފް ނެރުނު ބަޔާނުގައި ބުނެ އެވެ.

މީގެއިތުރުން އެބަޔާނުގައި މަހުލޫފް ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުންގެ" ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުން ގެންދާއިރު، އޭގެ ތެރޭގައި ސައްހަ މުއާމަލާތްތައް ކޮށްފައިވާ މީހުން ހިމެނޭ ކަމަށާއި އެ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭކަން ކަށަވަރު ކުރުމުގެ ގޮތުން، އެ މައުލޫމާތުތައް އޭސީސީން ވީހާވެސް ބޮޑަކަށް ސާފުކޮށްދިނުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ