އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި ދެވޭނެ އެންމެ މަތީ ޝަރަފް ޤާސިމަށާ ޝައިޚް އިމްރާން އަދި ނިޔާޟް އިބްރާހީމަށް ދިނުން އަވަސްކުރޭ!

ރާއްޖޭގައި ދެވޭނެ އެންމެ މަތީ ޝަރަފް ޤާސިމަށާ ޝައިޚް އިމްރާން އަދި ނިޔާޟް އިބްރާހީމަށް ދިނުން އަވަސްކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ޝަރަފާއި އިއްޒަތް ދޭން ޖެހޭނީ ވަކި ދާއިރާއަކުން ނޫނެވެ! ޤައުމަށް ފައިދާ ހުރި ކަންކަން ކުރާ އެންމެންނަށްވެސް ދޭން ޖެހޭނެއެވެ. ޚާއްޞަކޮށް އަނިޔާވެރި، ޚިޔާނާތްތެރި މަކަރުވެރި ވެރިއެއްގެ ކުރިމަތީގައި ޙައްޤު ބަސް ބުނުމަކީ ފާހަގަކުރަންޖެހޭނެ ކަމެކެވެ. އެކަން އެކުރަނީ ހަތަރެސްފައިގައި ހިލިހިލާ ޖަހައި ގަންހިންގާނެކަން އެނގިތިބެއެވެ. އެކަން ކަމަށް އެއްވެސް ބިރެއް ނެތި ޤައުމުގެ ހައްޤުގައެވެ. ރައްޔިތުންގެ ޙައްޤުގައެވެ. ﷲ ތަޢާލާގެ މަގުގައެވެ. 

ޚިޔާނާތެއް ހާމަކޮށްގެން ރާއްޖޭގައި ދެވޭނެ އެންމެ މަތީ ޝަރަފާއި އިއްޒަތް އަދި މެޑެލް ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުޖެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމަށާ ޝައިޚް އިމްރާން އަދި ނިޔާޒް އިބްރާހީމަށް ދިނުން އަވަސްކުރަންޖެހޭ ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. ސަބަބަުތައް ހުރުމުންނެވެ. 

ނިޔާޒް އިބްރާހީމް ވަނީ މަޤާމަށް ބެއްލެވުމެއްނެތި، އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވަމުން ދާކަން ރައީސް ޔާމީނުގެ ސަމާލުކަމަށް ގެންނަވައިފައެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަޤާމް ގެއްލިވަޑައިގަތެވެ. އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރައްވަން ފެށްޓެވުމުން ކުންފުންޏަށް ބިރު ދެއްކިއެވެ. އެންމެފަހުން ޖެހިވަޑައިގަތީ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވާށެވެ! 

ޝައިޚް އިމްރާން ޢަބްދުﷲ ވަނީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހުންނަވައި އެމްއެމްޕީއާރުސީގެ ކޮޕްރަޕްޝަންގެ މައްސަލަ 3 ފަހަރު މަތިން ރައީސް ޔާމީނުގެ ސަމާލުކަމަށް ގެންނަވައިފައެވެ. ފަހުން ހުރިހާ ވައްކަމެއް ގޮސް ހުއްޓެނީ އަދީބް ޢާއި ހަމައަށް ކަމަށް ވިދާޅުވި ނަމަވެސް އެއިރު ވިދާޅުވީ އަދީބަކީ ސަރުކާރަށް ވަފާތެރިކަން ބޮޑުކަމުން ޚާލިދް ބިން ވަލީދު ކަމަށެވެ. އަދި 500 އިންސައްތަ އިތުބާރުވެސް އެބައޮތް ކަމަށެވެ. 

ޤާސިމް ވަނީ މަޤާމަށް ބެއްލެވުމެއް ނެތި ބޭންކްތައް މެދުވެރިކޮށް ކުރަމުން ގެންދިއަ ބޮޑެތި ވައްކަންތައް ފަޅާއަރުވާލައިފައެވެ. ކަން ހިނގަމުން ދިއަ ގޮތް ރައްޔިތުންނަށް ޔަޤީން ކުރެވުނީ ޤާސިމްގެ ސަބަބުންނެވެ. 

މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޤާސިމް އަށާއި ޝައިޚް އިމްރާނަށް ވަނީ ޖަލުގެ ކުޑަގޮޅީގައި އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގެންފައެވެ. އެހުރިހައި ކަންކަމަށްފަހު، އެއީ ރާއްޖޭގެ ތާރީޚުގައި މިހައިތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަން ކަމަށް ރައީސް ޔާމީނު ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފްވެވަޑައިގެންފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުން ބައިކުޅަ ބައެއް ނަމަވެސް މިހާރު މިވަނީ ޢާންމުންނާއި ހަމައަށް ތިލަވެފައެވެ. 

މިހިސާބުން ޔަޤީންވެ ސާބިތުވެގެން މިދިއައީ ޤާސިމް އާއި ޝައިޚް އިމްރާން އަދި ނިޔާޒް އިބްރާހީމް ގެ ހުރި ސާބިތުކަމެވެ. ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވަމުން ދިއައިރު އެކަމާއި ދެކޮޅަށް 3 ބޭފުޅުން ވެސް އަދާކުރެއްވި ދައުރުގެ މަތިވެރިކަމެވެ. 3 ބޭފުޅުންވެސް ޙައްޤު ބަސް ވިދާޅުވެފައިވަނީ ޖަލުގެ ކުޑަ ގޮޅިއަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިގެން އެކަމަށް އެއްވެސް ބިރެއް ނެތިއެވެ. 

ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާ މިފަދަ ކޮންމެ ބޭފުޅަކީވެސް ޤައުމުގެ އެންމެ ޝަރަފުވެރި އަބްޠާލުންނެވެ. އެފަދަ ޤައުމީ ބަޠޮލުންގެ އަގު ވަޒަންކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދެވޭނެ އެންމެ ބޮޑު ހިތްވަރަކީ އެއީއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް