އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާމީހާ ސުވަރުގެ ވައްދަވާނެ: ޙަދީޘް

ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާމީހާ ސުވަރުގެ ވައްދަވާނެ: ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާމީހާ މާތް ﷲ ސުވަރުގެ ވައްދަވާނެއެވެ. އިމާމް އަހްމަދު ރިވާ ކުރައްވާފައިވާ ޞައްޙަ ޙަދީޘްފުޅެއްގައި ވަނީ ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔަވާ މީހާ އާއި ސުވަރުގެއާއި ދެމެދުގައިވާ ހުރަހަކީ އޭނާގެ މަރު ކަމަށެވެ. އެއިގެ މާނައަކީ އޭނާ މަރުވުމުން އޭނާއަށް މާތް ﷲ ސުވަރުގެ ދެއްވަވާނެ ކަމެވެ. 

އާޔަތުލްކުރުސީގައިވަނީ މާތް ﷲ ގެ މަތިވެރިކަމުގެ ވާހަކަފުޅުތަކެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ މާތް ﷲ އަށް ކަމުގެ ވާހަކަތަކެވެ. ކީރިތި ޤްރްއާނުގެ އާޔަތްތަކުގެ ތެރެއިން އެންމެ މަތިވެރިކަން ބޮޑީ މާތް ﷲ ގެ މަތިވެރިކަމާއި މާތް ﷲ ގެ ވަޖުހަފުޅު ކަންކަން ބަޔާންކުރައްވަވާފައިވާ އާޔަތްތަކެވެ. 

ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔަވައިފިނަމަ އެމީހަކު ނިދީން ހޭލަންދެން އެމީހާގެ ހިމާޔަތުގައި މާތް ﷲ މަލާއިކަތް ބޭކަލަކު ބަހައްޓަވާނެ ކަމުގެ ވާހަކަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅުކުރައްވައިފައެވެ. މީގެ އިތުރުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އާޔަތުލްކުރުސިއަކީ ކީރިތި ޤްރްއާނުގައިވާ އެންމެ މަތިވެރި އާޔަތްކަން ބަޔާންކުރައްވަވައިފައެވެ. އަދި ހެނދުނާއި ހަވީރު އާޔަތުލް ކުރުސި ކިޔެވުމަށްވެސް ކައު އިތުރު މާތް ނަބިއްޔާ ވަނީ ޙަދިޘްފުޅު ކުރައްވަވައިފައެވެ. ހެނދުނާއި ހަވީރު އާޔަތުލްކުރުުސި ކިޔަވާ މީހުން މާތް ﷲ ރައްކައުތެރިކޮށްދެއްވަވާނެތެވެ. 

މިއާޔަތުގައި މާތް ﷲ ގެ ނަންފުޅު 20 ފަހަރު ތަކުރާރުވެއެވެ. މާތްﷲގެ ކުޅަދުންވަންތަކަން ވަރަށް ފުރިހަމައަށް ބަޔާންވެގެންވެއެވެ. ގިނަގިނައިން އާޔަތުލްކުރުސިކިޔާށެވެ. މާނަ ދަސްކުރާށެވެ. ތިބާގެ ހިތް ހިދާޔަވަތުގެ ނޫރުން ފުރިގެންދާނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް