އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤްރްއާން ހުޅުވީ ވަރުގަދަ ކްރިސްޓިއަނެއްގެ ގޮތުގަ، ޤްރްއާން ލައްޕައިލީ ވަރުގަދަ މުސްލިމެއްގެ ގޮތުގަ!

ޤްރްއާން ހުޅުވީ ވަރުގަދަ ކްރިސްޓިއަނެއްގެ ގޮތުގަ، ޤްރްއާން ލައްޕައިލީ ވަރުގަދަ މުސްލިމެއްގެ ގޮތުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

އަހަރެންނަކީ ކްރިސްޓިއަން އާއިލާއަކަށް އުފަންވި މީހެކެވެ. 1943 ވަނަ އަަހަރު އަހަރެން އުފަންވީ ޖަރުމަނަށެވެ. އެއަށްފަހު ޢާއިލާއިން ވަނީ ސްޕޭނަށާއި އާޖެންޓީނާއަށް ހިޖުރަކޮށްފައެވެ.

އަހަރެން ކިޔެވީ ކްރިސްޓިއަން ސްކޫލަކުންނެވެ. އަހަރެންގެ ބޭނުމަކަށްވެފައި އޮތީ ވަރުގަދަ ޕްރީސްޓަކަށް ވުމަށެވެ. އެކަމަށް އަހަރެން އައީ ތައްޔާރުވަމުންނެވެ. ދީނީ ތަޤްރީރްތައް ވެސް ދެމުންނެވެ. ގަޑިއެއް ހައިއިރު މީހުންގެ ޝައުޤްވެރިކަން ހިފަހައްޓައިލުމަކީ އަހަަރެންނަށް ފަސޭހަކަމެކެވެ.

މީގެ 7 އަހަރު ކުރިން ސްޕޭން ބަހަށް ތަރުޖަމާކޮށްފައިވާ ކީރިތި ޤްރްއާނުގެ ކޮޕީއެއް އަހަރެންގެ އަތަށް އެރިއެވެ. އެ ފޮތް ކިޔައިލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ޤަބޫލުކޮށް ކިޔަން ފެށީމެވެ. 

ބުނަން އޮތް ވާހަކައަކީ އަހަރެން އެ ފޮތް ކިޔަންފެށީ ވަރުގަދަ ކްރިސްޓިއަނެއްގެ ގޮތުގައި ހުރެ ކަމެވެ. އަދި އެފޮތް ކިޔައި ނިންމައިލީ ވަރުގަދަ މުސްލިމެއްގެ ގޮތުގައި ހުރެ ކަމެވެ. ހިތުގެ އަޑިން އިސްލާމް ދީން ޤަބޫލުކޮށް އިސްލާމް ދީނަށްޓަކައި އެންމެ ވަރުގަދައަށް އަޒުމް ކަނޑައަޅައިގެން ހުރި މީހެއްގެ ގޮތުގައި ކަމެވެ. 

އަހަރެން އެފޮތް ކިޔަމުންދިއަ ވަރަކަށް އިހްސާސްވަމުން ދިއައީ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނުކުމެވޭ ކަމަށެވެ. ކޮންމެ ސޫރަތެއް ކިޔައި ނިމޭއިރު އެނގެމުން ދިއައީ އިތުރު އެތައް ހަޤީޤަތްތަކެކެވެ. ޔަޤީން ކުރެވެމުން ދިއައީ އެ ފޮތުގައި އެއްވެސް ދޮގެއް ނުވާކަމެވެ. ޝައްކުކުރަންޖެހޭނެ ކަމެއްވެސް ނެތް ކަމެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ އަހަރެންގެ ކުރިމަތީގައި ހުރި ހުރިހައި މައްސަލަތަކަށް އެ ފޮތުގައި ޙައްލުކުރިކަމެވެ. 

އަހަރެންނަށް ޔަޤީންކުރެވުނު ކަމަކީ އަހަރެންގެ ޓީޗަރުން، ޤަޞްދުގައި ނަމަވެސް، ޤަޞްދުގައި ނޫން ނަމަވެސް އަހަރެންނަށް ހެދީ ދޮގުކަމެވެ. ﷲ ނޫން "ރައްބެއް" ބުވާ ކަމެވެ. އެންމެހައި ބާރުތަކެއް މިލްކްވެވޮޑިގެންވަނީ ﷲއަށް ކަމެވެ. 

އަހަރެން އެންމެ ބޮޑަށް އުފާކުރަނީ ސީދާވެގެންވާ ތެދުމަގު، ﷲ އަހަރެންނަށް ދެއްކެވިކަމަށްޓަކައެވެ. ތެދުމަގު ފެންނާނީ ﷲ ދެއްކެވުމުންނެވެ. އިންސާނުންނަށް އޮތީ ވިސްނައި ފިކުރު ކުރުމެވެ. ތެދުމަގު ހޯދަން މަސައްކަތް ކުރުމެވެ. 

އެހެން ދީންތަކުގެ ފޮތްތައްވެސް ކިޔައިފީމެވެ. ބުނެލަން އޮތް ބަހަކީ ހަޤީޤަތަކީ ހަމައެކަނި ކީރިތި ޤްރްއާން ކަމެވެ. އެހެން ފޮތްތައް ކިޔަމުންދިއަ ވަރަކަށް އެކަމަށް ލިބޭ ޔަޤީންކަން އިތުރުވުން ނޫން ކަމެއް ނުވާނެއެވެ. 

މިއަދު އަހަރެން ބުނެލަން އޮތް ވާހަކައަކީ ކޮންމެ މީހަކުވެސް ސާފު ހިތަކާއިގެން ކީރިތި ޤްރްއާން ކިޔައިލާށެވެ. ވިސްނުންތެރިކަމާއިއެކުއެވެ. އިރުގެ އަލިކަން ފެންނަ ފަދައިން ތެދުމަގު ފެންނާނެކަން ޔަޤީނެވެ. ﷲ މިންވަރުފުޅުކުރެއްވެވި މީހަކަށެވެ. 

(މިއީ ޑިރްކް ވޯލްޓަރ މޯސިގް، އޭނާ އިސްލާމް ދީން އިޚްތިޔާރުކުރި ސަބަބާއިމެދު ލިޔެފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެކެވެ. ޑިރްކް އަކީ 1974 ވަނަ އަަހަރު އެެމރިކާގެ ފްލޮރިޑާ ޔުނިވަރސިޓިން ޕީއެޗްޑީ ޙާޞިލުކުރައްވައިގެންހުންނެވި ޑޮކްޓަރެކެވެ.)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް