އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިހަވަންދޫ ސްކޫލްގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލު ކުރައްވައިފި

އިހަވަންދޫ ސްކޫލްގެ އިސްވެރިންނާއި ނައިބު ރައީސް ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ހއ. އިހަވަންދޫ ސްކޫލްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައިފި އެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިބައްދަލުވުމުގައި އިހަވަންދޫ ސްކޫލްގެ 50 އަހަރުގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ސްކޫލްގެ ތަރައްގީގައި ރަށުގެ ރައްޔިތުން ވެފައިވާ ހިއްސާ ފާހަގަކުރައްވައި، ސްކޫލްގެ އިސްވެރިން ވަނީ ނައިބް ރައީސްއަށް މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

 

ރާއްޖޭގައި ނަން ވިދާލާ ސްކޫލަކަށް އިހަވަންދޫ ސްކޫލް ހެދުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ސްކޫލް އިތުރަށް ތަރައްގީކުރުމަށް ޓަކައި ފުރިހަމަކުރަން ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ވެސް ސުކޫލްގެ ވެރިން ވަނީ ނައިބް ރައީސާ ހިއްސާކުރައްވާފަ އެވެ. ޚާއްސަ ގޮތެއްގައި މިއަހަރަކީ އިހަވަންދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރަށް ވުމާއެކު އެކަމުގެ އިހްތިފާލުތައް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ސުކޫލްގެ ބެލެނިވެރިންނާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވަމުންދާ ކަމަށްވެސް އިހަވަންދޫ ސުކޫލްގެ ވެރިން ވަނީ ފާހަގަކުރައްވާފަ އެވެ.

 

މިބައްދަލުވުމުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ތައުލީމީ ދާއިރާ ކުރިއަރުވައި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިއްމު މަސައްކަތްތަކެއް ކަން ވަނީ ފާހަގަކުރައްވާފަ އެވެ. މިގޮތުން މިއަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު މިންވަރެއް ހަމަޖެހިފައިވަނީ ތައުލީމީ ދާއިރާއަށް ކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އިހަވަންދޫ ސްކޫލަށް ބޭނުންވެފައި ހުރި ކަންކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ކުރިއަށް ދިއުމަށް ނައިބް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

 

ނައިބް ރައީސްގެ ވާހަކަފުޅުގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ