އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޫނު ނިވާކޮށްގެން އައިސް ވަޅިން ބިރު ދެއްކުމަށްފަހު، ތިން ލައްކައަށްވުރެ ގިނަ ފައިސާ ހުޅުމާލެއިން ފޭރިގެންފި!

މޫނު ނިވާކޮށްގެން އައިސް ވަޅިން ބިރު ދެއްކުމަށްފަހު، ތިން ލައްކައަށްވުރެ ގިނަ ފައިސާ ހުޅުމާލެއިން ފޭރިގެންފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

މޫނު ނިވާކޮށްގެން އައިސް ވަޅިން ބިރު ދެއްކުމަށްފަހު، ތިން ލައްކައަށްވުރެ ގިނަ ފައިސާ ހުޅުމާލޭ ރޫޓް ފިހާރަ ކައިރިން ފޭރިގެންފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ރޫޓް ފިހާރައިން ބޭންކް އަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ހިފައިގެން މީހަކު ވޭން އަކަށް އަރަނިކޮށް، މޫނު ނިވާކޮށްގެން ސައިކަލެއްގައި އައި މީހަކު ވޭނަށް އަރަން އުޅުނު މީހާއަށް ބިރު ދައްކައިގެން ތިން ލައްކައަށްވުރެ ގިނަ ފައިސާ ފޭރިގެންފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

 

މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 10:21 ހާއިރު ކަމަށާއި މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ރޫޓް ފިހާރަ ކައިރިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

 

ކުންފުނި/ ފިހާރަ ފަދަ ތަންތަނުން ގިނަ އަދަދުގެ ފައިސާ އާއި ޗެކު އެހެން ތަންތަނަށް ގެންދިޔުމަށް (މާލޭގައި ނަމަ) ފުލުހުންގެ އިންސްޓަލޭޝަން ސެކިއުރިޓީ (9980068) ގެ ޚިދުމަތް ބޭނުން ކުރެއްވަން ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ. ހުޅުމާލޭގައި ނަމަ 9790089 ނުވަތަ 4000007 އަދި އަތޮޅުތަކުގައި ނަމަ އެރަށެއްގެ ފުލުހުންގެ މަރުކަޒަށް ގުޅުއްވާ އެމުއައްސަސާގެ އެހީތެރިކަން ހޯއްދެވުމަށް ވެސް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ