އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 ވަނަ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް ފަށައިފި

4 ވަނަ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

4 ވަނަ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތް ފަށައިފިއެވެ.

މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާލާ އިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އަންހެން ދެވަނަ ޑިވިޜަންގައި ހިމެނޭ ލިޓަސް އާއި ޔޫތް މިނިސްޓްރީއެވެ. މި މެޗު 2-6 ން ލިޓަސް ކާމިޔާބުކުރި އިރު، މޮޅުކުޅުންތެރިޔަކަށް ހޮވުނީ ލިޓަސްގެ ޖާރޒީ ނަމްބަރ 4 ޝިޔާނާ އަޙްމަދު ޒުހައިރުއެވެ.

ދެވަނަ މެޗަކީވެސް އަންހެން ދެވަނަ ޑިވިޜަންގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ ހައިކޯޓާއި ފިޝަރީޒް މިނިސްޓްރީއެވެ. 8 ލަނޑު 4 ލަނޑުން ހައިކޯޓު ކާމިޔާބުކުރި މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހައިކޯޓުގެ ޖާރޒީ ނަމްބަރ 8 އައިޝަތު ފަޒީލާއެވެ.

މުބާރާތުގެ ތިންވަނަ އަދި އަންހެން ޑިވިރަންގެވެސް ތިންވަނަ މެޗު ކާމިޔާބުކުރީ ސިވިލް ކޯޓެވެ. އެޓީމުން މި މެޗު ކާމިޔާބުކުރީ މޯލްޑިވްސް ޕޯސްޓް ޓީމާ ބައްދަލުކޮށް 4 ލަނޑު 2 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސިވިލް ކޯޓުގެ ޖާރޒީ ނަމްބަރ 22 ޢައިޝަތު ޝަފާއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކްލާއި ދިވެހި ސިފައިންގެ ކްލަބެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 25-30 ން ކާމިޔާބުކުރީ ޕޮލިސް ޓީމެވެ. މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ޕޮލިސް ޓީމުގެ ޖާރޒީ ނަމްބަރ 8 އިސްމާޢިލް އަޙްމަދުއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް