އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތް ﷲ ދެކެ ލޯބިވާކަމަށް ބުނާނަމަ އެކަމުގެ ހެކި ދައްކަންޖެހޭ - ހެކި ދެއްކިދާނެތަ؟

މާތް ﷲ ދެކެ ލޯބިވާކަމަށް ބުނާނަމަ އެކަމުގެ ހެކި ދައްކަންޖެހޭ - ހެކި ދެއްކިދާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

މާތްﷲ އާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ކީރިތި ޤްރްއާން ދެކެ ލޯބިވާކަމަށް ބުނާނަމަ އެކަމުގެ ހެކި ދައްކަންޖެހެއެވެ. ހެކިތައް ހުރީ ފެންނާށެވެ. ތިބާއަކީ އެކަންކަމަށް ހެކި ދެއްކިދާނެ މީހެއް ހެއްޔެވެ؟ 

މާތް ﷲ ދެކެ ލޯބިވާނަމަ އެމީހަކު މާތްﷲ ނަހީ ކުރެއްވެވި އެއްވެސް ކަމެއް ނުކުރާނެއެވެ. އުޅޭނީ، އަމަލުތައް ބަހައްޓާނީ މާތްﷲ އެންގެވި ގޮތުގައެވެ. 

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދެކެ ލޯބިވާނަމަ މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރާނެއެވެ. ދައްކަވާފައިވާ މަގުގައި ނޫނީ ހަމަ އެންމެ ފިޔަވަޅެއްވެސް ނުއަޅާނެއެވެ. 

ކީރިތި ޤްރްއާން ދެކެ ލޯބިވާކަމަށް ބުނާއިރު ކީރިތި ޤްރްއާން ކިޔަވަން އެނގޭ ހެއްޔެވެ؟ އެންމެ ސޫރަތެއް ހިތުދަސް ހެއްޔެވެ؟ ކިތައް އާޔަތުގެ މާނަ އެނގޭ ހެއްޔެވެ؟ އަހަރަކު ކިތައް ފަހަރު ކިޔަވަން ހެއްޔެވެ؟ ޢުމުރުން މިހައި ދުވަސްވީއިރު ކިތައް ޚަތިމް ކޮށްފިން ހެއްޔެވެ؟

މި ސުވާލުތައް އަމިއްލަ ސުވާލު ކަރުދާހަކަށް ހަދައިލާށެވެ. ލިބެނީ ކިތައް މާރކްސްތޯ އަމިއްލައަށް ބަލައިލާށެވެ. އެއިރުން މާތްﷲ އާއި ރަސޫލާ (ޞޢވ) އާއި ކީރިތި ޤްރްއާން ދެކެ ލޯބިވެވޭ މިންވަރު އެނގިގެންދާނެއެވެ. 

ތިމާ މަރުވާނީ އިސްލާމް ދީނަށް ޢަމަލުކުރާ މީހެއްގެ ގޮތުގައި ކަމަށް އެބަބުނަމުއެވެ. އެކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ މަރުވާނެ ވަގުތު އެނގެނީ ހެއްޔެވެ؟ 

ބައްޔެއް ޖެހިގެން ޑޮކްޓަރަށް ދިއުމުން ބޮޑު ބައްޔެއް ޖެހިފައިވާކަމަށް ބުނެފާނެއެވެ. ދެން ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށް ބުނެފާނެއެވެ. އެހިސާބުން ހެޔޮ އަމަލުކުރަން ފެށުމަކުން ނުފެދެއެވެ. 

މާތްﷲ އާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ކީރިތި ޤްރްއާނަށް ލޯބިކުރާމީހާ އަބަދުވެސް ހުންނާނީ މަރަށް ތައްޔާރުވެގެންނެވެ. އުމުރުން ވަކި ހިސާބަކަށް ދިއުމުން ހެޔޮ އަމަލުކުރަން ފަށަން މަޑެއް ނުކުރާނެއެވެ. މަރުވާނެ ވަގުތު ނުއެނގޭނެތީއެވެ. ޤިޔާމަތް ދުވަހުން ސަލާމަތްކަމެއް އޮތީ ވީހައި ގިނަ ހެޔޮ އަމަލުކޮށްގެންނެވެ. 

ތިބާއަކީ ފަރުޟު 5 ނަމާދު ޤަވާއިދުން ނުކުރާ މީހެއްގެ ގޮތުގައި ހުރެ މަރުވެއްޖެނަމަ އެމީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެމީހަކު މަޙްޝަރުކުރެވޭނީ ނަމާދުނުކުރާ މީހެއްގެ ގޮތުގައެވެ. 

ގުޅުންހުރި ވީޑިއޯ: 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް