އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ވާނުވާ" ޖަހަން ޖެހޭ ހާލަތުގަ ޖެހުމަކީ މައްސަލައެއް ނޫން - ކޮންމެ މީހަކަށް ވާނުވާ ޖެހިނަމަވެސް އަވަހަށް ޝަރީޢަތް ނިންމަން ޖެހޭނެ: ޝަމީމް

"ވާނުވާ" ޖަހަން ޖެހޭ ހާލަތުގަ ޖެހުމަކީ މައްސަލައެއް ނޫން - ކޮންމެ މީހަކަށް ވާނުވާ ޖެހިނަމަވެސް އަވަހަށް ޝަރީޢަތް ނިންމަން ޖެހޭނެ: ޝަމީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ޝަރިޢަތް ނިމެންދެން ބަންދުގައި ބަހައްޓަން (ވާނުވާ ޖަހަން) އަމުރުކުރަންޖެހޭ ހާލަތުގައި އެ އަމުރު ނެރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެފަދަ އަމުރެއް ނެރެފިނަމަ ވީހައި އަވަހަކަށް ޝަރީޢަތް ނިންމަން ޖެހޭނެ ކަމަށް ކުރީގެ ޑިޕިޔޫޓީ ސެކެޓްރީ ޖެނެރަލް ޙުސައިން ޝަމީމް ގޮވާލައްވައިފިއެވެ.  

ޝަމީމް ވިދާޅުވީ މާޒީއަށް ބަލައިފިނަމަ ވާނުވާ ޖެހުމަށްފަހު ޝަރީޢަތް ކުރިއަށް ނުގެންގޮސް ގިނަ ދުވަސްވަންދެން ބަނދުގައި ބެހެއްޓުމުން މާޒީގައި ވަރަށް ނުބައި ތަޖުރިބާތައް ކުރަންޖެހިފައި އެބަހުރި ކަމަށެވެ. އެހެންކަމުން އެ އާދަ ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި ޖޫޑިޝަރީގެ މައްޗަށް އިތުބާރު އުފެދޭނީވެސް މިކަންކަން އިޞްލާޙްކޮށްގެން ކަމަށެވެ.  

ޝަމީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރެއްވިއިރު ކަންކަން ކުރެއްވީ ޤާނޫނުގައި އޮންނަ އެއްޗަކަށް ބައްލަވައިގެން ނޫން ކަމަށާއި އެފަހަރަކު ކުރައްވަން ބޭނުންފުޅުވި ގޮތަކަށް ކަމަށެވެ. އަދި މިހާރު އުފެދިގެން މިއުޅޭ މައްސަލަތައް ކުރިމަތިވި ސަބަބަކީވެސް އެއީ ކަމަށެވެ.

ޝަމީމް ވިދާޅުވީ ރައީސް ޔާމީނަށް ނަމަވެސް އަދި ކޮންމެ ރައްޔިތަކަށް ނަމަވެސް ޤާނޫނުގައި ބަޔާންވެގެންވާ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށާއި ހައްޤު އަދަބު ދޭން ޖެހޭނެ ކަމަށެވެ. ޤާނޫނު ތަންފީޒުކުރަން ޖެހޭނީ އެންމެންނަށް ހަމަހަމަ ކަމާއިއެކުގައެވެ.

"ރައީސް ޔާމީނަކީ އިތުރުފުޅު ހައްދަވަން އެހައި ފަސޭހަ ބޭފުޅެއް ނޫން. އެހެންވީމާ ހަރާމް ފައިސާ އަމިއްލަފުޅު ގެއަށް ވައްދަވާފައިވާނެ ކަމަށްވެސް ވިދާޅުވީ. އެއީ އިޢްތިރާފް. އެ އިޢްތިރާފްގެ މައްޗަށް ފުލުހުން ޝަރީޢަތް ކުރަމުން އެގެންދަނީ." ޙުސައިން ޝަމީމް ވިދާޅުވިއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް