އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ އަގު ބޮޑު ކާރާ ހެލިކޮޕްޓަރު ތިބާ ސުވަރުގެއަކަށް ނުގެންދާނެ - ސުވަރުގެ ގެންދާނީ ހެޔޮ އަމަލުތައް!: މުފްތީ މެންކް

ތިބާގެ އަގު ބޮޑު ކާރާ ހެލިކޮޕްޓަރު ތިބާ ސުވަރުގެއަކަށް ނުގެންދާނެ - ސުވަރުގެ ގެންދާނީ ހެޔޮ އަމަލުތައް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

އިންސާނާއަކީ ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބުނު ނަމަވެސް ހިތްފުރޭނެ މީހެއް ނޫނެވެ! އެއީ އެކަން ހަމަ ހިނގަމުންދާނެ ގޮތެވެ. ދާދިފަހުން އަހރެންގެ ރައްޓެއްސަކު ދުނިޔޭގެ އެންމެ އަގުބޮޑު މަރުކާއެއްގެ ކާރެއް ގަނެފިއެވެ. މަރުޙަބާ ކިޔުމުން ބުނީ ހެލިކޮޕްޓަރެއް ގަންނަން އުޅޭ ވާހަކައެވެ. 

އެމީހެއްގެ ކިބައި އެވަރުގެ ތަނަވަސްކަން ހުރި ނަމަ ހެލިކޮޕްޓަރެއް ގަތުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ހަނދާންކުރަން ޖެހެ ކަމަކީ ހެލިކޮޕްޓަރެއްގައި އުދުހުނު ނަމަވެސް މީސްތަކުންނާއި ބައްދަލުވާހިނދު ސަލާންކުރަން ޖެހޭނެ ކަމެވެ. ހެލިކޮޕްޓަރެއް ލިބި ގިނަ ދަތުރުކުރެވޭނަމަ ގިނަ މީހުންނާއި ބައްދަލުވާނެއެވެ. ބައްދަލުވާ އެންމެންނާއި ސަލާމްކުރާށެވެ. އަދި އިސްލާމް ދީނަށް ދައުވަތުވެސް ދޭށެވެ. އިސްލާމީ ހިދާޔަތް ފަތުރަން މަސައްކަތްކުރާށެވެ. އަގު ބޮޑު ކާރާއި ހެލިކޮޕްޓަރު ތިބާ ސުވުރުގެއަކަށް ނުގެންދާނެއެވެ. ތިބާ ސުވަރުގެ ގެންދާނީ ތިބާ ކުރާ ހެޔޮ އަމަލުތަކެވެ.

ސަލާމްކުރުމަކީ މިއަދު މީސްތަކުންގެ ތެރެއިން ނެތެމުންދާ ސިފައެކެވެ. މީސްތަކުން ބުނެފާނެ ބަހަކަށް ބިރުން ފަސް ނުޖެހޭށެވެ. ދުނިޔެ ދީފާނެ ލައުނަތަކަށް ފަސް ނުޖެހޭށެވެ. ފެންނަހައި މީހަކާއި އިސްވެ ސަލާމް ކުރާށެވެ!  

މިއަދު ކާފަރުން ސަލާމްކުރާ މިންވަރު މުސްލިމުން ސަލާމްކުރާ އަދަދަށްވުރެ ގިނައެވެ. ލަދު ގަންނަން ނުޖެހޭ ހެއްޔެވެ؟ މީހަކު ފެނުމުން ސަލާމް ކުރުމުގެ ބަދަލުގައި މިއަދު މުސްލިމުން ފުރަތަމަ ބަލަނީ އެއީ ކާކުތޯއެވެ! އެއީ ފައިސާވެރިއެއް، ޤަދަރުވެރިއެއް ނުވަތަ ރައްޓެއްސެއްތޯއެވެ! މިއީ ކިހައި ނުބައި ސިފައެއް ހެއްޔެވެ!

ސަލާމް ކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަން ކުރުމުން ގިނަގުނަ ނިޢްމަތްތައް ދެއްވަވާ ކަމެކެވެ. އެވަރުންވެސް މިއުޅެނީ ހަމަ ފަރުވާކުޑަކުރެވޭތީއެވެ! އެހެން ނުހަދާށެވެ! ގިނަގިނައިން ސަލާމްކުރާ މީހަކަށްވާށެވެ! އެކަމުން ލިބެން އޮތް ސަވާބާއި ދަރުމަ ލިބިގަންނަ މީހަކަށްވާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް