އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަކީދޫ ކައުންސިލް މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި

ރަކީދޫ ކައުންސިލް މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގައި މީހުން ދިރިއުޅޫ އެންމެ ކުޑަ، އާބާދީ އެންމެ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ފެލިދެ އަތޮޅު ރަކީދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރަށުގެ ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި، މި ސަރުކާރުން ކުދި އާބާދީތަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުންނާއި، އެއްފަސްކުރުމާ ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސް އިބްރާހީމް މުޙައމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު