އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

'ދުންޖަހާފަ" ދުއްވައި މީހުން މެރުމުގެ ސީޒަން ނިމެންދެން ނަމަވެސް ޓްރެފިކް އޮޕަރޭޝަން ކުރިއަށް ގެންގޮސް ދެއްވާ!

'ދުންޖަހާފަ" ދުއްވައި މީހުން މެރުމުގެ ސީޒަން ނިމެންދެން ނަމަވެސް ޓްރެފިކް އޮޕަރޭޝަން ކުރިއަށް ގެންގޮސް ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ކުރިއަށް އޮތީ ރޯދަ މަހެވެ. މިއަހަރުގެ ރަމަޟާން މަހު ގިނަ ބައަކު ރޯދަ ވީއްލަން ހުޅުމާލެއަށް ދާނެއެވެ. ހުޅުމާލޭގެ މާހައުލު ހިތްގައިމުވުމުންނާއި މާލޭގެ ރެސްޓޯރަންޓް ތަކުން ޖާގަވެސް ނުލިބޭތީއެވެ. ހަމައެއާއިއެކު މާލޭގައި ޢާއިލާތަކާއިއެކު ރޯދަ ވީއްލަން ހުޅުމާލެއިން މާލެއަށް ވެސް ގިނަ ބައަކު އަންނާނެއެވެ.

ވީމާ ޚާއްޞަކޮށް ހަވީރުގެ ވަގުތުތަކުގައި ގިނަ ބައަކު ބްރިޖްމަތިންނާއި ހައިވޭގައި ދަތުރުކުރާނެއެވެ. އެހެންކަމުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބޮޑެތި އެކްސިޑެންޓްތައް ހިންގުން އިތުރުވެއެވެ. ކޮންޓްރޯޅް ނުކުރެވޭ ވަރަށް ބާރު ސްޕީޑްގައި ދުއްވައި މީހުންގެ ގައިގައި ޖެއްސުމުން ލިބޭ އަނިޔާތައްވެސް އިތުރުވެއެވެ. ނަމަވެސް އެކަން ކަމަށް ސަމާލުވެ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގެ ސަބަބުން މިދިއަ އަހަރަކީ އެފަދަ ހާދިސާތައް އެހެން އަހަރުތަކަށްވުރެ މަދު އަހަރެއް ކަމަށް ފާހަގަކުރެވެއެވެ.

މިއަހަރު މިވަނީ "ދުންޖަހާފައި" ދުއްވަން އިތުރު މަގުތަކެއް ލިބިފައެވެ. މާލޭގެ ބޮޑު ސަރަހައްދެއްގައި ވަނީ ބޮޑުތަކުރުފާނު މަގު ފުޅައުކޮށް ރަނގަޅު ފެންވަރަކަށް ހަދައިފައެވެ. ބްރިޖާއި ހައިވޭ އޮތީ "ދުންޖަހާފައި" ދުއްވަން ހިތަކަށް ލިބިފައެވެ.

އިސްވެ ބަޔާންކުރި ސަބަބުތަކަށްޓަކައި ދައުލަތުން އިތުރު ޚަރަދުކޮށްގެން ނަމަވެސް އިތުރު ރޯޑްބްލޮކްތައް ހޯދައި "ދުންޖަހާފައި" ނުދުއްވޭނެ ގޮތަކަށް ކަންކަން ކުރަން ފުލުހުންނަށް މަގުފަހިކޮށްދިނުމަކީ ވެސް ސަރުކާރަށް ކުރަންޖެހޭނެ ކަމެއް ކަމަށް ފާހަގަކުރެވެއެވެ.

ރޯޑްބްލޮކް އިތުރުކުރަން ކުރަންޖެހޭ ހޭދައަށްވުރެ ބޮޑެތި އެކްސިޑެންޓްތައް ވުމުން އާސަންދައިން ކުރަންޖެހޭ ހޭދަ މާބޮޑުވާއިރު މީހުންނަށް ބޮޑެތި އަނިޔާތައް ލިބުމުންނާއި މީހުން ނުކުޅެދޭ މީހުންނަށް ވުމުންނާއި މަރުވުމުން ލިބޭ ގެއްލުން މާ ބޮޑުކަންވެސް ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް