އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު އިސްކަމެއްދީގެން މިކުރަނީ ނިގުޅައިގަނެވިފައިވާ ޙައްޤުތައް، އަނބުރައި ހޯދައިދިނުމުގެ މަސައްކަތް: ރައީސް ޞާލިޙް

އެންމެ ބޮޑު އިސްކަމެއްދީގެން މިކުރަނީ ނިގުޅައިގަނެވިފައިވާ ޙައްޤުތައް، އަނބުރައި ހޯދައިދިނުމުގެ މަސައްކަތް: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތައް، އަނބުރައި ހޯއްދަވައި ދެއްވުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"ޤަޟާއީ އަހަރު 2019" އިފްތިތާޙް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެގޮތުން، ނުޙައްޤުން ވަޒީފާއިން ވަކިކުރި މީހުންނަށް، ވަޒީފާ އިޢާދަކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވާނީ ފަށާފައި ކަމަށެވެ.

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބަލައި، ޙަޤީޤަތް ދެނެގަތުމުގެ މަސައްކަތް، މުޅީން އައު ފެށުމަކުން ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި ކޮރަޕްޝަން ހިމެނޭގޮތަށް ބޭއިންޞާފުން ދޫކުރި ފްލެޓްތަކުގެ މައްސަލަތައްވެސް، އަލުން ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ހަމައެފަދައިން ވައްކަމާއި، ކޮރަޕްޝަނާއި، ޚިޔާނާތުގެ ތެރެއިން، ދައުލަތުގެ ޚަޒާނާއިން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމުގެ މަސައްކަތްވެސް، ޚާއްޞަ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ގެންދަނީ ކުރަމުން ކަމަށާއި އެއިގެއިތުރުން، ވަކި ބައަކަށް އަމާޒުކޮށް ހަދާފައިވާ ނުވަތަ ބަދަލުކޮށްފައިވާ ޤާނޫނުތައް، އިޞްލާޙު ކުރުމަށްޓަކައި ދިރާސާ ކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައި ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއިން ކޮންމެ ކަމެއްގެ ފަހަތުގައިވެސް އޮތީ، ރައްޔިތުންގެ ޙައްޤުތަކާ ގުޅިފައިވާ މަޞްލަޙަތުތައް ޙިމާޔަތް ކުރުން ކަމަށެވެ. އަދި އިންތިޤާލީ އިންޞާފު ޤާއިމުކޮށްދިނުމާއެކު، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމަށާއި އެނޫން އެހެން އެއްވެސް ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތްކަމަށެވެ. އަދި މިކަމުގައި ހަމަ އެއްވެސް ރައްޔިތަކާމެދު ނުކުރައްވަވާނެ ކަމަށެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް