އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއާރްއެމް އުފެއްދުމުގެ ހުއްދަ ދީފި!

އެމްއާރްއެމް އުފެއްދުމުގެ ހުއްދަ ދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ކުރީގެ ރައީސް މައުމޫމް އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެއްދުމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު އެޕާޓީއަށް ދީފިއެވެ.

 

މިކަމަށްޓަކައި މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އެޕާޓީއާއި ހަވާލު ކުރެއްވީ އީސީގެ ރައީސް އަޙުމަދު ޝަރީފް އެވެ.

 

އައު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އީސީން އެޕާޓީއެއް ރެޖިސްޓްރީ ކޮށްދޭނީ، ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދޭތާ ތިން މަސް ދުވަހުގެ ތެރޭގައި 3000 މީހުންގެ ސޮއި ހަމަކުރުމުންނެވެ. އެގޮތުން އެމްއާރްއެމް އަށް ދީފައިވާ މުއްދަތު ހަމަވާނީ މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކަމަށް އީސީން އެޕާޓީގެ އިސްވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

 

ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީއަށް "އެމްއާރްއެމް" އެނަން ދިނުމަށް ހަމަޖެހުމުން، އެނަމަކީ މީގެ ކުރިން ރެޖިސްޓްރީ ކޮށްފައިވާ ނަމެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔުމާއި ގުޅިގެން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ އެމްއާރްއެމް ގެ ނަމުގައި މީގެ ކުރިން ޕާޓީއެއް ރެޖިސްޓްރީވެފަ އޮތް ކަމަށާއި ނަމަވެސް އެޕާޓީ އީސީން މިހާރު ވަނީ އުވާލާފައި ކަމަށެވެ.

 

"އަޅުގަނޑުމެން އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިހާރު މިދެނީ އެނަން ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގަ ރެޖިސްޓްރީ ކުރެވިފަ ނުވާތީ" އީސީގެ ރައީސް ޝަރީފު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ