އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަނީ ލޯންޑަރިން ހުއްޓުވަން އިހުމާލުވި އެމްއެމްއޭ ގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ ކުރަނީ

މަނީ ލޯންޑަރިން ހުއްޓުވަން އިހުމާލުވި އެމްއެމްއޭ ގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ފައިސާ އިން މަނީ ލޯންޑަރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު، އެކަން ހުއްޓުވަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިހުމާލުވެފައިވާ މައްސަލައިގައި އެ ތަނުގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފި އެވެ.

 

މިކަމާއި ގުޅޭގޮތުން އޭސީސީން އިއްޔެ ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ އެކައުންޓަކުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރި ކުންފުނި، އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި، ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް އެކަން ހުށަހެޅި ކަމަށާއި ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލް ވެސް ފޮނުވި ކަމަށެވެ.

 

އެ މައްސަލަ އެފްއައިޔޫ އިން ބަލައި ތައްޔާރުކުރި ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް ހިންގި ކަން ވެސް ސާފުވާން އޮތް ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަނޭޅީ ވަކި ފަރާތެއްގެ ނުފޫޒުން ކަމަށް ބުނެ އޭސީސީން ތުހުމަތު ކޮށްފައިވެއެވެ.

 

އޭސީސީން ބުނެފައިވަނީ އެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރަން އެދި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ. އެކަމަކު ދައުވާ ކުރަން ފޮނުވަން ނިންމި ބޭފުޅުންގެ ނަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ