އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޖޫޑިޝަލް ކޮންފަރެންސް އޮން ޖޫޑިޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ކޮންފަރަންސުގަ ބޭރުގެ 2 ތަޖުރިބާކާރުން ބައިވެރިވޭ!

"ޖޫޑިޝަލް ކޮންފަރެންސް އޮން ޖޫޑިޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ކޮންފަރަންސުގަ ބޭރުގެ 2 ތަޖުރިބާކާރުން ބައިވެރިވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަހަތައް އިޞްލާޙްކުރަން ކުރަންހުރި ކަންކަމަށް ޚިޔާލު ހޯދަން މިއަދު ދަރުބާރުގޭގައި ފަށައިގެން ކުރިއަށް ގެންދާ "ޖޫޑިޝަލް ކޮންފަރެންސް އޮން ޖޫޑިޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ކޮންފަރަންސުގަ ބޭރުގެ 2 ތަޖޖުރިބާކާރުން ބައިވެރިވާކަމަށް ޖޭޑީއޭ އިން ބުނެފިއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިޞަލް އާދަމް މިއަދު ވިދާޅުވީ

މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ކޮންފަރެންސްގައި 20 ސެޝަން ކުރިއަށް ގެންދާނެ ކަމަށާއި އެއިގެ ތެރެއިން 9 ސެޝަން މިއަދު ނިމިފައިވާ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ވަރަށް ގިނަ ޚިޔާލުތައް ލިބެމުން އަންނަ ކަމަށާއި ޚިޔާލުތަކުގެ މައްޗަށް މާދަމާ ކަރުދާހެއް އެކުލަވައިލާނެކަމަށެވެ. އަދި ފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ގޮތްތަކަށް ވެސް މާދަމާ މަޝްވަރާކުރާނެ ކަމަށެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު