އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާ ހޯދަން ސިހުރު ހަދަންވީއެއް ނޫން - ދުޢާކުރަންވީ!

ލޯބިވެރިޔާ ހޯދަން ސިހުރު ހަދަންވީއެއް ނޫން - ދުޢާކުރަންވީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ލޯބިވެރިން ހޯދުމަށްޓަކައި ސިހުރު ހާހޫރަ ޢާއި ތަފާތު ފަންޑިތައް ހެއްދުވުމަކީ އަދި އަމިއްލައަށް ހެދުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ނަމަވެސް އެކަމަށް ބެލުމެއް ނެތި މިހާރުވެސް ގިނަ ބައަކު އެކަން ކުރެއެވެ. މީހުން ލައްވައިވެސް ކުރުވައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. 

ތިމާ ލޯބިވާ މީހަކު ހުރިނަމަ އެމީހަކަށް ސާފުކޮށް އެކަން ބަޔާންކުރާށެވެ. ބަޔާން ކުރުމުން އެކަން ޤަބޫލު ނުކޮށްފިނަމަ ގިނަ މީހުން މިދަނީ ކޮންމެވެސް ސިހުރު ވެރިއެއްގެ ގާތަށެވެ. އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެންމެ ފުރިހަމަ އިބާރާތުން ބުނާނަމަ ބުނަން ޖެހޭނީ އެއީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ކަނޑައެޅިގެން ޙަރާމްކަމެއް ކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ! ސިހުރު ހެދުމާއި ސިހުރު ހެއްދުވުމަކީ ކުފްރުގެ އަމަލުތައް ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިބާ ހިތް އެދޭ ލޯބިވެރިޔާ ތިބާއަށް އެހައި ފަސޭހައިން ނުލިބިދާނެއެވެ. އެ ހާލަތުގައި ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރުމާއިއެކު ދުޢާ ކުރުމެވެ! އެކަމަކީ ﷲ ތަޢާލާ ތިބާއަށް މިންވަރު ކުރައްވަވަން އިރާދަ ކުރައްވަވައިވާ ކަމެއް ނަމަ ތިބާއަށް އެކަން ހިންމަވައިދެއްވަވާނެތެވެ! އެނޫން ގޮތަކަށް މަސައްކަތް ކުރުމަކީ ޢާޚިރަތް ގެއްލި ދިއުމުގެ ބިރު އިންތިހާއަށް އޮތް ކަމެކެވެ. 

ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން ހުރިހާ މައްސަލަތަކެއް ޙައްލުވީއެވެ. ލޯބިވާންވީ އަދި ޙަޔާތުގެ ބައިވެރިއަކަށް ހޯދަންވީ އެންމެ ސިފަ ރީތި މީހާއެއް ނޫނެވެ! އަދި އެންމެ މުއްސަނދި މީހާއެއްވެސް ނޫނެވެ! ހޯދަންވީ އެމީޙަކަށް ލިބުނު އެންމެ ބޮޑު ތަޤްވާވެރިއެކެވެ. އެމީހަކީ ތަޤްވާވެރިއެއް ނަމަ އެމީހެއްގެ ކިބައިން ރިވެތި މާތް އަޚްލާޤް ފެންނާނެއެވެ. ތަޤްވާވެރިކަމާއި ރިވެތި އަޚްލާޤަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫނެވެ! 

އެފަދަ ބައިވެރިއަކު ހޯދަން ފަންޑިތަ ނުވަތަ ސިހުރު ހަދާކަށް ނުވެސް ޖެހޭނެއެވެ! ދުޢާ ކުރާށެވެ! ތިމާގެ ހަޔާތަށް ތަޤްވާވެރި ބައިވެރިއަކު  ދެއްވެވުން އެދިއެވެ. އެއިރުން ﷲ ތަޢާލާ ތިބާއަށްޓަކައި ދެއްވަވާނީ ޖަވާހިރެއް ފަދަ ބައިވެރިއެކެވެ. ހުރިހާ ވެސް މައްސަލަތަކެއް ކުރިމަތި މިވަނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް ކަންކަން ނުކުރެވޭތީއެވެ! 

ހަޔާތުގެ ބައިވެރިއަކަށް ތިމާ ލޯބިވާ މީހާ ހޯދަން ސިހުރު، ފަންޑިތަ ނުހެދުމަށް ތަކުރާރުކޮށް ވަޞިއްޔަތް ކުރަމެވެ. އެކަމުން ލިބިދާނެ ވަގުތީ ފައިދާއަކަށްވުރެ ލިބޭނެ ދާއިމީ ގެއްލުން މާބޮޑެވެ! 

އަދިވެސް ބުނަން ހެއްޔެވެ؟ ސިހުރު ހަދައިގެން ބައިވެރިއަކު ހޯދުމަކީ އުމުރަށް ޝައިޠާނާގެ އަޅަކަށްވުން ފަދަ ކަމެކެވެ. އެހެނީ ބައިވެރިޔާ ބޮޑާހާކާ ކޮންމެފަހަރަކު ޖެހޭނީ ސިހުރުވެރިޔާގެ އެހީތެރިކަން ހޯދާށެވެ! އާޚިރަތް ގެއްލުވައިލާށެވެ! އެކަމުގައި އުޅެން ހަދައިގެން ކުރެވުނު ހުރިހާ ހެޔޮކަމެއް ބޭކާރުވެގެން ދިއަ ނުދޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް