އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަޕާން އެހީގައި ރަތަފަންދޫ ސްކޫލަގައި އިމާރާތްކުރާ 2 ކްލާސްރޫމް އަޅަން ޙަވާލުކޮށްފި

ޖަޕާން އެހީގައި ރަތަފަންދޫ ސްކޫލަގައި އިމާރާތްކުރާ 2 ކްލާސްރޫމް އަޅަން ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ޖަޕާން ސަރުކާރުން ހިންގާ ގްރާންޓް އެސިސްޓަންސް ފޯރ ގްރާސްރޫޓް ޕޮރޮޖެކްޓްގެ (ޖީގީޕީ) ދަށުން ގދ. ރަތަފަންދޫ ސްކޫލްގައި ޢިމާރާތް ކުރަން ހަމަޖެހިފައިވާ 2 ކްލާސްރޫމް އެޅޫމުގެ ޕްރޮޖެކްޓްގައި ސޮއިކޮށްފިއެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމުގެދަށުން ރަތަފަންދޫ ސްކޫލްގައި މިހިންގާ ޕްރޮޖެކްޓްގެ ސަބަބުން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް ޤާއިމްކުރެވިގެންދާނެއެވެ. މިގޮތުން މިޕްރޮޖެކްޓް ނިމުމުން ސްކޫލްގައި ސައިންސް ރޫމެއްގެ ޚިދުމަތާއި އޯޑިއޯވިޝުއަލް ރޫމެއްގެ ޚިދުމަތް ދަރިވަރުންނަށް ލިބިގެންދާނެއެވެ. މިޕްރޮޖެޓް ނިންމުމަށް ހަމަޖެހިފައިވަނީ ކޮޓްރެކްޓާރާއި މަސައްކަތް ހަވާލުކުރާދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައިއެވެ.

ޖަޕާނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެކިއެކި ރޮނގުތަކުން ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ޤައުމެކެވެ. މިގޮތުން ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރ (ޖޭއޯސީވީ) މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ރާއްޖޭން ލިބުންދަތި ޚާއްޞަ ފަންނުތަކުން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ވޮލަންޓިއަރ ޓީޗަރުން ހަމަޖައްސަވައިދެއްވައެވެ. އެ ފަންނުތަކުގެ ތެރޭގައި މިއުޒިކް ޓީޗަރުންނާއި ފިޒިކަލް އެޑިޔުކޭޝަން އަދި ބޭންޑް އިންސްޓްރަކްޓަރުން ފަދަ ފަންނުތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުން މި ރޮނގުތަކުން ޖަޕާނަށް ފޮނުވައިގެން ޓްރޭނިންގ ދިނުމާއި، ސްކޫލްތަކުގެ ދަރިވަރުން ޔަންގް ލީޑަރސް ޕްރޮގްރާމްގެ ތެރޭން ފުރުޞަތުތައް ދަނީ ދެއްވަމުންނެވެ.

ޖީޖީޕީގެ ދަށުން ރަތަފަންދޫ ސްކޫލްގައި ހިންގާ މި ޕްރޮޖެކްޓް ހިންގާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާއި އެ ސްކޫލާއި ގުޅިގެން ސީދާ ސްކޫލްގެ ބެލުމުގެ ދަށުންނެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ސްކޫލްތައް ބާރުވެރި ކުރުމުގެ ވަޢުދުގެ ދަށުން މިޕްރޮޖެކްޓްގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ސީދާ ސްކޫލުންނެވެ. މިގޮތުން ކޮންޓްރެކްޓަރަކު ހޯދުމާއި މަސަކަތް ބެލެހެއްޓުން ފަދަ ކަންކަން ކުރާނީ ވެސް އެސްކޫލުންނެވެ. މިޕްރޮޖެޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަޢުރަކަށްވާނީ ސްކޫލަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް