އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުން ބަހާ ހެލްމެޓް ލިބޭނީ ހަތަރު ގަޑިއިރުގެ ކޯހެއް ފުރިހަމަކުރުމުން!

ސަރުކާރުން ބަހާ ހެލްމެޓް ލިބޭނީ ހަތަރު ގަޑިއިރުގެ ކޯހެއް ފުރިހަމަކުރުމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ ހެލްމެޓް ލިބޭނީ ހަތަރު ގަޑިއިރުގެ ކޯހެއް ފުރިހަމަކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު ނަހުލާ މިހެންވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ނަހުލާ ވިދާލުވީ 3 ނުވަތަ 4 ގަޑިއިރުގެ ކޯހެއް ފުރިހަމަކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ރާވާފައިވާ ކަމަށާއި މިކޯހުގައި އަންނާނީ ހޭލުންތެރިކުރުމާ ބެހޭ ކަންތައްތަކެއް ކަމަށެވެ. އަދި އެކްސިޑެންޓެއް ވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތަކާއި އަނިޔާވި މީހާއާ ދޭތެރޭ ކަންކަން ކުރަންޖެހޭ ގޮތް ވެސް ކިޔައިދޭނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ހެލްމެޓް ބޭނުންވާ މީހުން ނަން ނޯޓުކޮށް، މިކޯސް ފުރިހަމަކުރުމުން ހެލްމެޓް ލިބޭއިރު މި ކޯހުގައި ބައިވެރިވާން ހުޅުވައިލާނެ ދުވަހެއް ޓްރާންސްޕޯޓް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު