އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިން އެދޭ ގޮތަށް ކަންކަން ކުރުމަކީ އަނބިދަށުވުމެއް ނޫން! އެއީ މަތިވެރި ވާޖިބެއް!: މުފްތީ މެންކް

އަނބިން އެދޭ ގޮތަށް ކަންކަން ކުރުމަކީ އަނބިދަށުވުމެއް ނޫން! އެއީ މަތިވެރި ވާޖިބެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ދިރިއުޅެމުންދާއިރު އެންމެ މުހިންމު ކަމަކީ ހަޔާތުގެ ބައިވެރިޔާ އެދޭކަންކަމުގެ ތެރެއިން ﷲ ތަޢާލާ ހުއްދަކުރެއްވެވި ހުރި ކަމެއްވެސް ކޮށްދިނުމެވެ. އެމީހެއްގެ ކިބައިގައި ޤާބިލުކަން ހުރި މިންވަރަކުންނެވެ. އެއްވެސް ހާލެއްގައި ތިމާގެ ބާރު ދައްކައި ތިމާއަށް ކުރެވޭ ކަންކަމަކީ އެންމެ ރަނގަޅު ކަންކަން ކަމުގައި ދައްކައި، ވަކާލާތު ކުރުމެއް ނެތެވެ. 

އަމިއްލަ ހަޔާތުން ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. އަހަރެން ހިޖާމާ ޖެހީމެވެ. އެއީ ރަސޫލް (ޞޢވ)ގެ ސުންނަތެކެވެ. އަދި އެހައިމެ ފައިދާވެސް ހުރި ކަމެކެވެ. ހަށިގަނޑުގައިވާ ނުބައި ލޭތައް ބޭރުކުރެވޭ ކަމެކެވެ. އެހެންވެ އެކަން ފްރަމޯޓުކުރުމުގެ ގޮތުން އަހަރެން ހިޖާމާ ޖެހި ފޮޓޯއެއް އިންސްޓަގްރާމަށް ލީމެވެ. ފޮޓޯ އިން އަހަރެންގެ އައުރައެއް ނުފެންނާނެއެވެ. ފެންނާނީ ބުރަކަށިން ތަންކޮޅެކެވެ. 

އެކަމާއި އަހަރެންގެ އަނބިމީހާ ހިތް ހަމަ ނުޖެހި ފޮޓޯ ޑިލީޓްކުރަން އެދުނެވެ. އަހަރެންނަށް ވަކާލާތު ކުރެވެން އޮތެވެ. އަހަރެންގެ ބޭނުމަކީ ސުންނަތެއް ޕްރަމޯޓްކުރުން ކަމަށް ބުނެވެން ވެސް އޮތެވެ. ނަމަވެސް އަނބިމީހާ އެދުމުން އެކަމަށް އިޙްތިރާމްކޮށް އަހަރެން އެފޮޓޯ ވަގުތުން ޑިލީޓް ކުރީމެވެ. އަދި އެއަށްފަހު ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށް ފޮޓޯއެއް ލީމެވެ. އަދި ލިޔުނީމެވެ. ކުރިން ލީ ފޮޓޯ ޑިލީޓްކުރީ އަނބިމީހާ އެދިގެންނެވެ. ބޭނުމަކަށްވީ އަނބިން އެދޭކަންކަމަށް އިޙްތިރާމްކުރަން ޖެހޭނެކަން އަންގައިދިނުމެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ރުހޭނެ ގޮތަށް ކަންކަން ކުރުމަކީވެސް އެހައިމެ މަތިވެރި ވާޖިބެކެވެ. ރަސޫލް (ޞޢވ) ވަނީ އެކަމުގައި ނަމޫނާ ދައްކަވައިފައެވެ. 

މިހާރަކަށް އައިސް އަނބިމީހާ ހިތްހަމަ ޖައްސަން މިފަދަ ކަންކަން ކުރާ މީހުންނަށް މަލާމާތުގެ ބަސްތައް ވެސް އެބަ ބުނެއެވެ. އެއީ އެކަމުގެ މުހިންމުކަން ނުއެނގޭތީއެވެ. ޒުވާނުންނަށް ބުނާނީ އަނބިމީހާ ރުހޭނެ ވީހައި ގިނަ ކަންކަން ކުރާށެވެ! އެކަމުގައި އެހެން މީހުން ބުނާ ބަހަށް ނުވެސް ވިސްނާށެވެ! އަނބިމީހާގެ ރުހުން ލިބުމުން ކުރާނެ ފައިދާ މާ ބޮޑެވެ. އަދި ހަމަ އެފަދައިން ފިރިމީހާގެވެސް މެއެވެ. 

ހެދުން އެޅުމުގައިވެސް މިކަމަށް ސަމާލުކަން ދޭންވާނެއެވެ. އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ބައިވެރިޔާ ރުހޭ ގޮތަށް ހެދުން ލުމަށް އިސްކަން ދޭންވާނެއެވެ. ބަލަންވީ އެހެން ބައަކު ރުހޭ ގޮތަކަށް ހެދުންލައިގެން އުޅުމަކަށް ނޫނެވެ. 

ވަރަށް ބޮޑަށް އިހްމާލް ވެވޭ އެއްކަމެއް އެބައޮތެވެ! އެއީ ބައިވެރިޔާ ކުރާ ރަނގަޅުކަންކަމަށް ޝުކުރު އަދާކުރުމެވެ. ބައެއް މީހުންނަށް ހީވަނީ ބައިވެރިޔާ ކަމެއް ކޮށްދިނުމުން ޝުކުރު އަދާކުރަން ނުޖެހޭނެ ކަމަށެވެ. އެއީ އެހެން އޮތް ކަމެއް ނޫނެވެ! ގިނަގިނައިން ޝުކުރު އަދާކުރުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވާ ކަމެކެވެ.

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް