އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނި ކުރަނީ ނޯކިރީ ކުރުވަންކަމަށް އޮތީ ކޮން އާޔަތެއް، ކޮން ހަދީޘްފުޅެއްގައިތަ؟: މުފްތީ މެންކް

ކައިވެނި ކުރަނީ ނޯކިރީ ކުރުވަންކަމަށް އޮތީ ކޮން އާޔަތެއް، ކޮން ހަދީޘްފުޅެއްގައިތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

ކައިވެނީގެ މަޤްޞަދަކީ ދެމަފިރިން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅުމެވެ. ކައިވެނީގެ ސަބަބުން ލިބެނީ އިތުރު ބައިވެރިއެކެވެ. ވީމާ ކުރާ ކޮންމެ ކަމެއް ވެސް ކުރަންވާނީ ދެމީހުން ގުޅި ބައިވެރިވެގެންނެވެ. އެކަކު އަނެކަކަށް އެހީތެރިވެގެންނެވެ. 

ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތުން މަސައްކަތްތައް ބަހާލައިގެން ކުރުމަކީ ވަރަށް ތަފާތުކަމެކެވެ. މިސާލަކަށް ފިރިމީހާ މަސައްކަތު ދާނަމަ ގޭތެރޭގެ ކަންކަން ކުރަން ހުންނާނީ އަނބިމީހާއެވެ. މަސައްކަތް ނިންމާފައި އެނބުރި އައިސް ވަރުބަލި ފިލުވައިލުމަށްފަހު އަނބިމީހާއަށް އެހީތެރިވެދޭންވާނެއެވެ. ދެމީހުން އެކުގައި ތިބޭ ވަގުތު ކަންކަން ކުރަންޖެހޭނީ ދެމީހުން ބައިވެރިވެގެންނެވެ. 

ބައެއް މީހުން ހީކުރަނީ މިއީ މިހާރަކަށް އައިސް އަލަށް ތަޢާރަފްވެގެން އުޅޭ ގޮތެއް ކަމަށެވެ. އެއީ ކުށްހީއެކެވެ. ރަސޫލް (ޞޢވ) އަށް ބަލައިފިނަމަ އިތުރު މާތް ނަބިއްޔާއަކީ އަނބިއަނބި ކަނބަލުންނަށް އެހީތެރިވެދެއްވުމުގައި ދުނިޔެއަށް ނަމޫނާ މިސާލެކެވެ. ވީމާ މިއީ މިޒަމާނުގައި ކަންކަން ކުރާ ގޮތް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މިޒަމާނުގެ ދިރިއުޅުމަށް ބަލައިފިނަމަ އެކުގައި ގިނަ ބައަކު ބާޒާރުކުރެއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމުގެ ފައިދާ ބޮޑީވެސް ފިރިހެނުންނަށެވެ. ސަބަބަކީ ގަތް އެއްޗަކާއިމެދު ހިތްހަމަނުޖެހިގެން ފަހުން ޝަކުވާ ކުރެވެން ނުއޮންނާނެތީއެވެ. އެކަމުން އަނބިންނަށް ކުރާ ފައިދާއަކީ ބޭނުންވާ ސީދާ އެތި ގަނެވޭކަމެވެ. އަދި ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ބާޒާރުކުރުމަކީ ޚަރަދުވެސް ކުޑަކުރެވޭ ކަމެކެވެ. 

ހިތާމައަކީ މިހާރުވެސް ބައެއް ފިރިހެނުންނަށް ހީކުރެވިފައި އޮންނަނީ އަންބަކު ލިބުމަކީ ނޯކަރަކު ލިބުން ކަމަށެވެ. ނުވަތަ ކައިވެނި ކުރުމުން ނޯކަރަކު ގެއަށް ގެންދެވުނީ ކަމަށެވެ. އެގޮތަށް ވިސްނާ މީހުން ނިކަން ބުނެބަލާށެވެ! ކައިވެނި ކުރަނީ ނޯކިރީ ކުރުވަންކަމަށް އޮތީ ކީރިތި ޤްރްއާނުގެ ކޮން އާޔަތެއްގައި ހެއްޔެވެ؟ ނޫންނަމަ ކޮން ހަދީޘްފުޅެއްގައި ހެއްޔެވެ؟ 

ކައިވެނީގެ ސަބަބުން މިކުރެވޭ ކަމަކީ ދެމީހުންނަކީ އެކަކަށް ހެދުމެވެ. ކައިވެންޏާއި ހަމައިން ދެމީހުން ބަދަލުވަނީ އެކަކަށެވެ. މިބުނަނީ ދެމީހުންގެ ހަށިގަނޑު އެއްކުރާ ވާހަކައެއް ނޫނެވެ. ދެމީހުންގެ ދިރިއުޅުން އެއްކުރެވިގެންދާ ވާހަކައެވެ. ދެމީހުން ކުރަންޖެހޭ ކަންކަން އެއްކުރެވިގެންދާ ވާހަކައެވެ. ދެމީހުންގެ ޚިޔާލާއި ފިކުރު ކިތަންމެ ތަފާތު ނަމަވެސް ކޮންމެ ކަމެއް ވެސް ކުރަންވާނީ މަޝްވަރާކޮށް ދެމީހުންނަށް އެއްބަސްވެވޭ ގޮތަކަށް ކަމެވެ.

މުފްތީ މެންކުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް