އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެއްލުނު މާމެންދޫ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި

ގެއްލުނު މާމެންދޫ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ހައްދުންމަތީ ގަމުން ފުރައިގެން މާމެންދޫއަށް ޑިންގީއެއްގައި ދަތުރުކުރަނިކޮށް ރޭ ގޭއްލިފައިވާ މާމެންދޫ އަނހެން ކުއްޖާ އާއި ޑިންގީ ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

 

މާމެންދޫ ކައުންސިލުގެ ނައިބް ރައީސް ޙުސައިން ޙަބީބް ޢަލީ ވިދާޅުވީ މިއަދު ހެނދުނު އިރުއެރިތަނާހެން ހެލިކޮޕްޓަރުގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ. ޙަބީބް ވިދާޅުވީ ރޭ ވެސް ފުލުހުންނާއި ކޯސްޓްގާޑުގެ އިތުރުން ރަށުގެ 2 މަސް ދޯންޏަކާއި ލޯންޗްފަހަރުގައި ނުކުމެ ހޯދުމުގެ މަސައްކަތްކުރި ކަމަށެވެ.

ޙަބީބް ވިދާޅުވީ ޑިންގީގައި ކުރި މިދަތުރަކީ އަންހެން ކުއްޖާ ގޮވައިގެން ކައްދޫ އެއާޕޯޓުން މާމެންދުއަށް ކުރި ދަތުރުއް ކަމަށެވެ. އަދި ރެއަކީ ވިއްސާރަ ރެއެއް ނޫން ނަމަވެސް ފުދޭވަރަކަށް ކަނޑުގަދަ ކަމަށެވެ. އެހެންކަމުން މިފަދަ ޙާލަތުގައި ރޭގަނޑާއި ދިމާކޮށް ޑިންގީ ފަދަ ކުދި އުޅަނދުތަކުގައި ދަތުރު ނުކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

ފުލުހުން ބުނެފައިވަނީ ފޮނަދޫ އިން މާމެންދުއަށް ދިއުމަށް ފުރާފައިވަނީ ރޭ 18.00 ހައިއިރު ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް