އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުށަހެޅި ފޯމުތަކުގެ ތެރެއިން އީސީން ބަލައިގަތީ 395 ފޯމު- ޝަރީފު

ހުށަހެޅި ފޯމުތަކުގެ ތެރެއިން އީސީން ބަލައިގަތީ 395 ފޯމު- ޝަރީފު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

މިއަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 403 ފޯމުގެ ތެރެއިން އެ ކޮމިޝަނުން ބަލައިގަތީ 395 ފޯމު ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.

 

އީސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މިއަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުށަހެޅި ފޯމުތަކުގެ ތެރެއިން ހަ ފަރާތެއްގެ ފޯމު ބަލައިގެންފައި ނުވާނެ ކަމަށާއި އަދި ދެ ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މިފަރާތްތަކުގެ މައުލޫމާތު އީސީގެ ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.

 

އިލެކްޝަންސް ކޮމިޝަނުން މިއަދު މައުލޫމާތު ދިން ގޮތުގައި އެމްޑީޕީން ވަނީ ނިލަންދޫ ދާއިރާ ފިޔަވާ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން 41 ފަރާތަކުން ކުރިމަތިލިއިރު އަދާލަތު ޕާޓީން ކުރިމަތިލާފައިވަނީ ނުވަ ދާއިރާ އަކަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން 54 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފަ އެވެ. އެއީ ޕީޕީއެމްގެ 26 ކެންޑިޑޭޓުންނާއި ޕީއެންސީގެ 23 ކެންޑިޑޭޓުންނާއި ޑީއާރްޕީގެ 5 ކެންޑިޑޭޓެކެވެ.

 

މީގެއިތުރުން އެމްޑީއޭއާއި އެމްޓީޑީން ވެސް ކޮންމެ ޕާޓީއަކުން 8 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައިވާއިރު ލޭބާ ޕާޓީން ވަނީ 9 ކެންޑިޑޭޓަކު ކުރިމަތިލާފަ އެވެ. އަމިއްލަ ގޮތުން 186 ބޭފުޅަކު އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާއިރު މީގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ވާދަކުރައްވާ 24 ބޭފުޅަކު ހިމެނެ އެވެ.

 

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ