އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކްރިކެޓް ނައިޓް ޣިޔާސުއްސުއްދީން ސްކޫލްގައި މިރޭ ބާއްވަނީ..

ކްރިކެޓް ނައިޓް ޣިޔާސުއްސުއްދީން ސްކޫލްގައި މިރޭ ބާއްވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ކްރިކެޓް ނައިޓް ޣިޔާސުއްސުއްދީން ސްކޫލްގައި މިރޭ ބާއްވާނެއެވެ.

 

ކްރިކެޓް ބޯޑުން އިންތިޒާމްކުރާ އެންމެ ބޮޑު ހަފްލާ ފަށާނީ މިރޭ 20:00ގައެވެ.

 

އެ ބޯޑުން ބުނީ މި ހަފުލާގައި ވޭތުވެދިޔަ އަހަރުތަކުގައި ކްރިކެޓަށް އެކިއެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރެވުނު ދާއިރާތައް، ވޭތުވެދިޔަ އަހަރު ކްރިކެޓް މުބާރާތްތަކުގެ އިތުރުން އެކި ގޮތްގޮތްގޮތުން ސްޕޮންސަރ ކޮށްފައިވާ ފަރާތްތަށް، އެކި ޢުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިން ހޮވުން އޮންނާނެ ކަމަށެވެ.

 

މީގެއިތުރުން ވޭތުވެދިޔަ އަހަރުގެ ޤައުމީ ފެންވަރުގައި އިނާމްލިބޭ ފަރާތްތަކައް އިނާމްދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ޔޫތް ޑެވެލޮޕްމަންޓް ޕްރޮގްރާމުން އެކި އުމުރުފުރާތަކަށް ހޮވިފައިވާ ފަރާތްތަކަށާއި އަންހެން ފިރިހެން އަދި އަތޮޅުތެރޭން ހޮވާލެވިފައިވާ އަންހެން ފިރިހެން ދަރިވަރުންނަށްވެސް މިރޭގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

 

ހަމަމިއާއެކު ކްލަބް ކްރިކެޓްގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންނަށާއި މިއަހަރު ފުރަތަމަ ފަހަރަށް ސްކޫލް ކްރިކެޓަރ އޮފް ދަ އިޔަރ އަންހެން އަދި ފިރިހެން އަދި އަންހެން ކްރިކެޓަރ އޮފް ދަ އިޔަރ ހޮވުންވެސް އޮންނާނެ ކަމަށް ކްރިކެޓް ބޯޑުން ބުންޏެވެ.

 

އަންހެން ކްރިކެޓަރ އޮފް ދަ އިޔަރގެ މަޤާމަށް ވާދަކުރަނީ މާލޭ ސްޕޯރޓްސް ކްލަބްގެ ސުމިއްޔާ ހަމީދު އާއި މާލޭ ސްޕޯރޓްސް ކްލަބުގެ ފާތިމަތު ސަޖާ އާއި ސީބީއެލްގެ އައިސަތު އައިމާ އާއި އައިސަތު ހަމްޒާ އަދި މާލޭ ސްޕޯރޓްސް ކްލަބްގެ ހަލީމަތު ލައިޝާއެވެ.

 

ފިރިހެން ކްރިކެޓަރ އޮފް ދަ އިޔަރއަށް ވާދަކުރަނީ މުޙައްމަދު މަޙްފޫޒު އާއި ޔޫސުފް އަޒިޔާން ފަރުހަތު އާއި އާދަމް ނާސިފް އުމަރު އާއި މުހަންމަދު ރިސްވާން އަދި އިބްރާހިމް ރިޒާން އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް