އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ މަންހަޖަށް ގެންނަން ޖެހޭ އެންމެ ބޮޑު ބަދަލަކީ އިސްލާމީ ތަރުބިއްޔަތާ ދުރޫސުލްއަޚްލާޤްގެ ފިލާވަޅުތައް އިތުރުކުރުން!

ޤައުމީ މަންހަޖަށް ގެންނަން ޖެހޭ އެންމެ ބޮޑު ބަދަލަކީ އިސްލާމީ ތަރުބިއްޔަތާ ދުރޫސުލްއަޚްލާޤްގެ ފިލާވަޅުތައް އިތުރުކުރުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ޤައުމީ މަންހަޖަށް ގެންނަން ޖެހޭ އެންމެ ބޮޑު ބަދަލަކީ އިސްލާމީ ތަރުބިއްޔަތާ ދުރޫސުލްއަޚްލާޤްގެ ފިލާވަޅުތައް އިތުރުކުރުންކަން އެއީ އެއްވެސް ޗައްކަތެއް އޮތް ކަމެއް ނޫނެވެ! އެކަންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގިގެންދަނީ ޢަރަބިއްޔާ ސްކޫލް ނިންމާ ދަރިވަރުންނާއި އެހެން ސްކޫލްތައް ނިންމާ ދަރިވަރުންގެ އަޚްލާޤުންނެވެ! ފުލުސް އޮފީހާއި ކޯޓްތަކުގެ ރެކޯޑް ފޮތްތަކުން މިކަން ވަރަށް ރަނގަޅަށް ސާބިތުވާނެއެވެ! 

މިކަން މިހައި މިންވަރަށް ސާބިތުވާން އޮތް ނަމަވެސް ޤައުމީ މަންހަޖަށް މިހައިތަނަށް ގެނެވުނު ބަދަލުތަކުގައި މިކަމަށް އެކަށީގެންވާ ސަމާލުކަން ދެވިފައެއް ނުވެއެވެ. މަނަހްޖު އިޞްލާޙްކުރާ ބައަކަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ އިސްލާމީ ތަރުބިއްޔަތާ ދުރޫސުލްއަޚްލާޤްގެ ފިލާވަޅުތައް ދަސްކުރުމަކީ ހަމައެކަނި ޢަރަބި މީޑިއަމުން ކިޔަވާ ދަރިވަރުން ދަސްކުރަން ޖެހޭނެ ފިލާވަޅުތަކެއް ކަމަށެވެ. 

ޙަޤީޤަތަކީ ކޮންމެ މީޑިއަމަކުން ކިޔެވިނަމަވެސް އެންމެ މުހިންމީ އިސްލާމީ ތަރުބިއްޔަތާއި ދުރޫސުލްއަޚްލާޤްގެ ފިލާވަޅުތައްކަމެވެ. ދުރޫސުލްއަޚްލާޤްގެ ފިލާވަޅުތަކަކީ ޜާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން އައި ފިލާވަޅުތަކެކެވެ. ނަމަވެސް މީގެ 40 ވަރަކަށް އަހަރުކުރިން އެކަން ވަނީ ހުއްޓާލައިފައެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ އަޚްލާޤަށް އައިސްފައިވާ ބަދަލުތަކަށް މިއަދު މިވަނީ ހިތާމަކުރަންޖެހިފައެވެ. 

ދުރޫސުލްއަޚްލާޤް ކިޔަވައިދިނުމަކީ ކޮންމެހެން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭކަށްވެސް ކޮންމެހެން ނުޖެހެއެވެ. އެއީ އިތުރު ޙަރަކާތްތަކުގެ ތެރެއިންވެސް ކިޔަވައިދެވިދާނެ ފިލާވަޅުތަކެކެވެ. ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް ކިޔަވައިދިނުމެވެ. ރިވެތި އަޚްލާޤް ދަސްކޮށް ދިނުމެވެ. އިސްލާމީ ތަރުބިއްޔަތު ދަރިވަރުންނަށް ދިނުމެވެ. މިއީ ކޮންމެހެން ސްކޫލުގައި ކިޔަވައިދޭ މީޑިއަމާއި އެއްވެސް ގުލުމެއް ހުރި ކަންކަމެއް ނޫނެވެ! 

އިސްލާމީ ތަރުބިއްޔަތު ދެކެ ސަރުކާރުން މިވަރަށް ބިރުގަނެ ޖެހިލުންވަނީ ކީއްވެގެންކަމެއް ނުއެނގެއެވެ. އެނގޭ ކަމަކީ ވަރަށް ބޮޑަށް ބިރުގަންނަކަމެވެ. ސްކޫލްތަކުގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގާއިރު ދީނީ ފަރުޟު އަދާކުރަން ހުރަސް އެޅޭ ގޮތަށް ކަންކަން ރާވައި ހިންގާކަން އެއީ މިކަމުގެ ވަރަށް ސާބިތު ހެއްކަކަށް ވެގެންދެއެވެ. 

މިކަމުގެ ނޭދެވޭ ނަތީޖާ އިތުރުވަމުން އައިސް މިއަދުގެ ޒުވާން ގިނަ އަދަދެއްގެ މައިންބަފައިން މިވަނީ އިސްލާމީ ތަރުބިއްޔަތާއި ރިވެތި އަޚްލާޤުން ބޭރުވެފައެވެ. ވީމާ އަލުން އަނބުރައި މިކަންކަން ގެނެސްގަތުމަށް މިވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް