އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ދިވެހިރާއްޖެއަށް އޮތް ފިކުރީ ހައްދުފަހަނައެޅުމާ ޓެރަރިޒަމްގެ ނުރައްކަލަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމުގެ މަސައްކަތުބައްދަލުވުން" ބާއްވައިފި.

"ދިވެހިރާއްޖެއަށް އޮތް ފިކުރީ ހައްދުފަހަނައެޅުމާ ޓެރަރިޒަމްގެ ނުރައްކަލަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމުގެ މަސައްކަތުބައްދަލުވުން" ބާއްވައިފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ޕްރިންސިޕަލުންނާއި ސީނިއަރ ވެރިންނަށް އަމާޒުކޮށް، "ދިވެހިރާއްޖެއަށް އޮތް ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމްގެ ނުރައްކަލަށް ތަޢުލީމީ ދާއިރާ އަހުލުވެރިކުރުމުގެ މަސައްކަތުބައްދަލުވުން" އައްޑޫސިޓީގެ ހިތަދޫ ސްކޫލްގައި ބާއްވައިފި.އެވެ. 

އެމްއެންޑީއެފުން ބުނީ މި ވާރކްޝޮޕް އަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑާއި ސ.ހިތަދޫ ސްކޫލްގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ހިންގާ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ޓެރަރިޒަމްއާއި ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރުގެ އެންމެހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ޤައުމީ އިސްތިރާޖީގައި ތަޢުލީމީ ދާއިރާއިން ކުރެވެންހުރި ކަންތައްތަކަށް ސްކޫލްތަކުގެ އިސްވެރިން އަހުލުވެރިކުރުމަށްޓަކައި ހިންގާ ޕްރޮގްރާމްގެ ތެރެއިން އަންޑޫ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނަށް ހިންގާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ބޭފުޅުންނާއި،  މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. 

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަސީރު އެވެ. އަދި މިރަސްމިއްޔާތުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އިބްރާހިމް ރަޝީދު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ރިޝްވާން ބައިވެރިވެލައްވާފައިވެއެވެ. 

މިރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން، މިނިސްޓަރ އޮފް ސްޓޭޓްގެ ވާހަކަފުޅުގައި، ޓެރަރިޒަމްއާއި ވައިލެންޓް އެކްސްޓްރީމިޒަމް އަދި ވައިލެންޓް ކުށްތަކުގެ ތެރެއަށް ޒުވާނުން ވަނުން ހުއްޓުވުމުގައި ތައުލީމީ ދާއިރާއާއި ސްކޫލްތަކުގެ ލީޑަރޝިޕް އަދި ޓީޗަރުންގެ ދައުރުގެ މުހިންމުކަމުގެ މައޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ނުރައްކާތެރި ހައްދުފަހަނައަޅާދިއުމުގެ އޮއިވަރުގައި ޖެހުމުން ސަލާމަތްކޮށް، ފަރުދުންގެ މެދުގައި އިހްތިރާމްކުރުން އާލާކޮށް، ކުލުނާއި ހަމްދަރުދީގެ ރިވެތި ސިފަތައް އާލާކޮށް، އަމާންކަމާއި ސުލްޙައަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާގެ ބޮޑުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. ތައުލީމްދޭ ތަންތަނާއި ސްކޫލް މާހައުލަކީ ނުރައްކާތެރި ފިކުރުތައް ފެތުރުމަށް ޖާގަލިބޭފަދަ ތަންތަނަށް ވިޔަނުދިނުމަށާއި، މިފަދަ ކަންކަން ހުއްޓުވުމުގައި ޢިލްމީ އީޖާބީ އުކުޅުތައް ހޯދާ އެފަދަ އުކުޅުތައް ބޭނުންކޮށްގެން ދިވެހި މުޖުތަމަޢަކީ ޞުލްޙަވެރި އޮމާން އަމާން ތަނަކަށް ހެދުމުގައި ތަޢުލީމީ ދާއިރާއިން ޚާއްސަ މަސައްކަތްތަކެއް ކުރުމަށް އިލްތިމާސްކުރެއްވިއެވެ. 

ނޭޝަނަލް ކައުންޓާރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ވާހަކަފުޅުގައި، ތަފާތު ފިކުރުތަކުގައި ހައްދުފަހަނައަޅާދާ ދިވެހި ޒުވާނުންގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ތަޢުލީމަކީ ކްރިޓިކަލް ޓޫލްއެއްކަމާއި، ތަޢުލީމީ ދާއިރާއަކީ ވަރަށް އިސްދައުރެއް އަދާކުރެވޭނެ ދާއިރާއެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިފަދަ ގޮންޖެހުންތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދައުލަތުގެ މުއައްސަސާތަކާއި އަދި މަދަނީ ޖަމިއްޔާތައް އެއްބައިވެގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންގެންދާކަން ފާހަގަކޮށް، އެކަމަށްޓަކައި އެކުލަވާލާފައިވާ ޤައުމީ ސިޔާސަތުތައް އައްޑޫ ސްކޫލްގެ ޓީޗަރުންނަށް އޮޅުން ފިލުވައިދެއްވިއެވެ. 

ފިކުރީ ބައިބައިވުންތަކާއި، ޓެރަރިޒަމްއާއި ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާއި ގޮންޖެހުންތަކާއިބެހޭގޮތުން މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ހުށައެޅުންތައް ހިއްސާކުރިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް