އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށް ބިރުވެތިވާން ބޭނުންނަމަ އެކަމުގެ މާނައިގައި ހިމެނޭ ދެކަންތައް ދަސްކޮށް ޢަމަލުކުރަން ޖެހޭ!

ﷲ އަށް ބިރުވެތިވާން ބޭނުންނަމަ އެކަމުގެ މާނައިގައި ހިމެނޭ ދެކަންތައް ދަސްކޮށް ޢަމަލުކުރަން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު

"ﷲ ތަޢާލާއަށް ބިރުވެތިވާށޭ!" ބުނެފިނަމަ ގިނަ ބައަކު ނަގަނީ އެބަހުގެ ލަފްޒީމާނައެވެ. އެއިގެ ހަޤީޤީ މާނައަށް ވިސްނައިލެވެނި މަދު މީހަކަށެވެ. އެހެނީ ކަމަކަށް ބިރުވެތިވުމަކީ ހުރިހާ ގޮތަކުންވެސް އެކަމަކުން ދުރުހެލިވުން ކަމުގައި ﷲ ތަޢާލާއަށް ބިރުވެތިވުމުގެ މާނައަކީ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނެ ރުހިވޮޑިނުގަންނަވާނެ އެންމެހައި ކަންކަމުން ދުރުވުމެވެ. އެކަންކަމާއި ވީހައި ދުރަށް ދިއުމެވެ. 

މިއަދު މީސްތަކުން ބިރު ގަންނަނީ ޤައުމަށް ނުރައްކައުތެރި ހާލަތެއް ކުރިމަތިވެގެން ކުއްލި ޙާލަތު އިއުލާނުކުރުމުންނެވެ. ދިރިއުޅޭ އިމާރާތުގައި އަލިފާން ރޯވެ އަނދަން ފެށުމުންނެވެ. އިމާރާތް ދޫކޮށް ވަގުތުން ނުކުންނަން އެންގުމުންނެވެ. 

އެކަމުގެ ނަތީޖާއަކަށް މިވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ލޮލަށް ނުފެންނާތީ ބިރު ނުގަތުމެވެ. އެދުވަހުގެ ބިރުވެރިކަމާއި ކުރިމަތިލާންޖެހޭނެ ބިރުވެރި ޙާލަތުގެ ވާހަކަ ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތަ ނަމަވެސް އެކަންކަން ހިތުގެ އަޑިން ޤަބޫލު ނުކުރެވެނީއެވެ. ނަމަވެސް މިބުނަނީ އަހަރެމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށެވެ. އެހެންކަމަށްވާއިރު ތިމަންނާ މިހުރީ އީމާންވެގެން ކަމަށް ތިއަ ބުނަނީ ކޮން ހައިޞިއްޔަތަކުން ހެއްޔެވެ؟ 

ކީރިތި ޤްރްއާނުގައި ﷲ ތަޢާލާއަށް ބިރުގަތުމަށް ﷲ ތަޢަލާ ވަހީކުރައްވަވާފައިވާ އާޔަތްތަކުގައި ބަޔާން ކުރައްވަވާފައިވާ ބަސްފުޅުތަކުގެ ޢަރަބި ބަހުގެ މާނައަށް ބަލައިފިނަމަ އެނގިގެންދާނީ އެކަމަކުން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރަންޖެހޭނެ ކަމެވެ. 

"ﷲ ތަޢާލާޢަށް ބިރުވެތިވުން" އަހަރެން މާނަކުރާނީ ދެކަމެއް ކުރުމަށެވެ. ފުރަތަމަ ކަމަކީ ﷲ ތާޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. އެފަދަ އެންމެހައި ކަންކަމާއި ދުރުހެލިވެގެން ހުރުމެވެ. އެއްވެސް ވަރަކަށް ކައިރިނުވުމެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކޮންމެ ކަމެއް ވެސް ކުރުމެވެ. ހަމަ އެއްވެސް ކަމެއް ދޫކޮށް ނުލައި އެމީހަކަށް ކުރެވުނުހައި ގިނައިން ހެޔޮ އަމަލުތައް ކުރުމެވެ. ކުރާ ކޮންމެ ކަމަކުންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކުރުމެވެ. މިދެބައި ފުރިހަމަ ނުކުރެވި ﷲ ތާޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ! 

މިސާލަކަށް މިނިކާވަގު ދިރިއުޅޭ ޖަންގައްޔެއް ހުރަސްކުރާނަމަ ހަމައެކަނި ބަޑިއެއް ހިފައިގެން ކުރިއަށްދާން ހެޔޮވެދާނެ ހެއްޔެވެ؟ ކުލިއަކަށް ނުކުންނަ މިނިކާވަގެއް ތިބާގެ ބަޑިއޮތް އަތަށް ފުންމާލައި ދީފާނެ ހަމަލާއަކަށް ބިރުގަންނަން ނުޖެހޭނެ ހެއްޔެވެ؟ އެކަމަށް އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ނުއަޅައި ކުރިއަށްދާން ހެޔޮވެދާނެ ހެއްޔެވެ؟ 

އަދިވެސް ވިސްނައިލާށެވެ! ތިބާ ދިރިއުޅޭ ގޭގައި ވިހަގަދަ ހަރުފައެއް އުޅޭކަން އެބަ އެނގެއެވެ. އެ ހަރުފަ އަތުލައި ގަނެ ގެއިން ބޭރުނުކޮށް އެގޭގައި ދިރިއުޅެން ހެޔޮވެދާނެ ހެއްޔެވެ؟ ހަރުފައިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ސަލާމަތްކަމެއް ލިބިދާނެ ހެއްޔެވެ؟ ޝައިޠާނާއަކީ އެންމެ ވިހަ ގަދަ ހަރުފައެވެ. އެ ވިހަގަދަ ހަރުފަ މިއަދު މިވަނީ އަހަރެމެންގެ ގެތަކަށް ވަނުމުގެ އިތުރުން އަހަރެމެންގެ ޖީބުތަކަށްވެސް ވަދެފައެވެ. އަދި މީސްތަކުން އެކަމަށް ޣާފިލުކުރުވިވަރުން އެއީ ރަނގަޅު ބައިވެރިއެއް ކަމަށްވެސް މިވަނީ ބަލައިގެންފައެވެ. 

މިދައްކަނީ މުނިފޫހިފިލުވުމުގެ ވާހަކައެވެ. ޓީވީތަކާއި މޯބައިލްފޯންތަކުގެ ވާހަކައެވެ. އެތަކެތީގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމުން މަގުން ކައްސާލައި ޢާޚިރަތް ދުވަހު ސަލާމަތް ނުވެވިދާނެ ކަމުގެ ވާހަކައެވެ. 

މީސްތަކލުންނޭވެ! ޓީވީ ވެސް ބަލާށެވެ! ފޯނުވެސް އަތުގައި ގެންގުޅޭށެވެ! ނަމަވެސް އެއިގެ ނުރައކައުތެރިކަން ހިތަށް ގެނެސް ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ނަރަކައަށް ބިރުވެތިވެވޭނީ މިކަންކަމަށް ބިރުވެތިވެގެންނެވެ! 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް