އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނެސްލޭ މައިލޯ އިން ދިވެހި ދަރިވަރުންގެ ކުޅިވަރަށް އެހީތެރިވަނީ ދަރިވަރުންގެ ޞިއްހަތާއި ތައުލީމާއި ގުޅިލާމެހިފައިވާތީ: ދިޝާން ވިޖެވަރްދަނާ

ނެސްލޭ މައިލޯ އިން ދިވެހި ދަރިވަރުންގެ ކުޅިވަރަށް އެހީތެރިވަނީ ދަރިވަރުންގެ ޞިއްހަތާއި ތައުލީމާއި ގުޅިލާމެހިފައިވާތީ: ދިޝާން ވިޖެވަރްދަނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ނެސްލޭ މައިލޯ އިން ދިވެހި ދަރިވަރުންގެ ކުޅިވަރަށް އެހީތެރިވަނީ ދަރިވަރުންގެ ޞިއްހަތާއި ތައުލީމާއި ގުޅިލާމެހިފައިވާތީ ކަމަށް ރާއްޖޭގައި ނެސްލޭ މައިލޯގެ އިސް މަންދޫބެއްގެ ގޮތުން ހުންނަވާ ބިޒްނަސް މެނޭޖަރ، މޯލްޑިވްސް، ދިޝާން ވިޖެވަރްދަނާ ވިދާޅުވެއްޖެއެވެ. 

ދިޝާން މިމޭރުމުން ވިދާޅުވީ ނެސްލޭ މައިލޯ އިން ސޮކަރ ވެޓަރަންސް އެސޯސިއޭޝަނާއި ގުޅިގެން ރާއްޖޭގައި ބޭއްވި 5 ވަނަ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ނިންމުމުގެ ގޮތުން މިއަދު ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ. 

ދިޝާން ވިދާޅުވީ ދަރިވަރުން ލައްވައި ކުޅިވަރު ކުޅުވުން މިވަނީ ރާއްޖޭގެ ވެސް ސްކޫލް ކަލަންޑަރުގެ ބައަކަށްވެފައި ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ކުދިންގެ ވިސްނުމަށާއި ހުނަރުވެރިކަމަށް ކުރިއެރުން ހޯދައިދިނުން ކަމަށެވެ. ދަރިވަރުންގެ އަމަލީ ޙަރަކާތްތައް އިތުރުވުމަކީ ދަރިވަރުން ދުޅަހެޔޮ ޞިއްހަތެއްގައި ހެދި ބޮޑުވުމަށް އެންމެ މުހިންމު އެއްކަންތައް ކަމަށާއި ދަރިވަރުންގެ ތަޢްލީމް ވެސް ގުޅިފައިވަނީ އެކުދިންނަކީ ރަނގަޅު ޞިއްހަތެއްގައި ބޮޑެތިވާ ކުދިންނަށް ވުމުގެ މައްޗަށް ކަމަށެވެ.

ދިޝާން ވިދާޅުވީ ރާއްޖޭގައި ބާއްވަމުން ގެންދާ ތަފާތު ކުޅިވަރު ޙަރަކާތްތަކަށް ނެސްލޭ މައިލޯއިން އަންނަނީ އެހީތެރިވެދެމުން ކަމަށެވެ. އަދި ނެސްލޭ މައިލޯ އިން ވަނީ ދަރިވަރުންގެ ކުޅިވަރު ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ގުޅިގެން "މޯލްޑިވްސް ސްޕޯޓްސް ކަލަރ އެވޯޑް" ތަޢާރަފްކުރުމުގައި ވެސް އިސްނަގާފައި ކަމަށެވެ. އަދި މި އެވޯޑް ދިނުމުގެ ތެރެއިން މިހާރުވެސް 700 އަށްވުރެ ގިނަ ދަރިވަރުންނަށް ތަފާތު ކުޅިވަރުތަކުން އެވޯޑްދެވިފައިވާ ކަމަށެވެ. 

ދިޝާން ވިދާޅުވީ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ އަންނަނީ އަހަރުން އަހަރަށް ކުރިއަރަމުން ކަމަށާއި އެއީ ގިނަ ބައެއްގެ މަސައްކަތުންކަން ފާހަގަކުރައްވާ ކަމަށެވެ. އަދި މިކަމުގައި ބެލެނިވެރިން އަދާކުރާ ދައުރު ވަރަށް ބޮޑުކަންވެސް ފާހަގަކުރައްވާ ކަމަށެވެ.  "ފާއިތުވި 4 ދުވަހު ބެލެނިވެރިން ދިން އެއްބާރުލުން ވަރަށް ޚާއްޞަ  ގޮތެއްގައި ފާހަގަކޮށް ޝުކުރުވެރިވަން."  

ދިޝާން ވަނީ މިފަހަރުގެ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންދެއްވިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެއީ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަން ލިބުނު ހިތްވަރެއް ކަމުގައިވެސް ދިޝާން ވިޑާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް