އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ މަންހަޖަށް އދ އާ އެމެރިކާއިން ބޭނުންވާ ބަދަލު ގެނެސްފިނަމަ ރާއްޖޭގެ ވެސް ދުވަސް ދިއައީ!

ޤައުމީ މަންހަޖަށް އދ އާ އެމެރިކާއިން ބޭނުންވާ ބަދަލު ގެނެސްފިނަމަ ރާއްޖޭގެ ވެސް ދުވަސް ދިއައީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަށް އދ އާއި އެމެރިކާއިން ބޭނުންވާ ބަދަލު ގެނެސްފިނަމަ ރާއްޖޭގެ ވެސް "ދުވަސް ދިއައީ" ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން އެބަ ގެންދަވައެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ދައްކަވަނީ ސައުދިއަރަބިޔާއަށް ކުރިމަތިވެފައިވާ މައްސަލަތަކެވެ. 

"އިސްލާމް ދީނުގެ އަޞްލުތަކާ ދުރުކުރުވަން ބޭނުންވީމާ ހުރިހާ ކަންކަމެއް ގެންގޮސް ގުޅުވާނީ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމާ. މުސްލިމަކަށް ތަންކޮޅެއް ބާރަށް ކިނބިއްސެއް އެޅުނު ނަމަވެސް އެއޮތީ ހައްދުފަހަނައަޅައި ގޮސްފަ. ވިދިވިދިގެން ކިނބިހި އަޅައިފިނަމަ ޓެރަރިސްޓަކަށްވެސް ބަދަލުވާނެ. އެހެން ދީންތަކުގެ މީހުން ބަޑިޖަހަޢާއި ބޮން ގޮއްވި ނަމަވެސް އެކަން ވާނީ ބުއްދި ހަމަނުޖެހޭ މީހަކު ކުރިކަމަކަށް. މިސްކިތްތަކަށް ހަމަލާ ދީ މުސްލިމުން ނަމާދަށް ތިއްބައި ޝަހީދުކޮށްފިނަމަ އެމީހަކު ވާނީ ނަފްސާނީ ބަލި ތަންކޮޅެއް ބޮޑު މީހަކަށް. ދެން އެހެން ގޮތެއް ނެތިގެން ބަންދު ކުރިނަމަވެސް އަވަސް ގޮތަކުން ދޫކޮށްލާނެ. ޙުކުމެއް ކުރި ނަމަވެސް އެކަން ވެފައި އޮންނަނީ ކަމެއް ކުރިކަން ދައްކަން ކުރާ ކަމަކަށް. އިސްލާމް ދީނަށް އެހެން ދީންތަކުގެ މީހުން ކުރާ ޖެއްސުމާއި މަލާމާތާއި ފުރައްސާރަ މުސްލިމުން އެހެން ދީންތަކަށް ކުރާނަމަ މިކަންކަން އަޅުވައިލެވޭނީ." 

ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމުގެ ނަމުގައި ސައުދި އަރަބިޔާގެ ރިޔާޟްގައިވެސް މިހާރު ވަނީ އެމެރިކާގެ އޮފީހެއް ހުޅުވައިފައެވެ. އެތަނުން ކުރާ މައިގަނޑު މަސައްކަތަކީ އިސްލާމް ދީނަށް "ހަމަލާ"ދިނުމެވެ. ސައުދިއަރަބިޔާގެ ދަރިވަރުން ހައްދުފަހަނައަޅައި ދިއުމާއި ދުރުކުރުމުގެ ނަމުގައި އިސްލާމް ދީނާއި ދުރުކުރުވުމެވެ. 

"އަޅުގަނޑުގެ އަތުގައި މިހާރު ބޭނުންކުރާ މަންހަޖު އެބައޮތް. އިޞްލާޙްކުރަން މިއުޅޭ މަންހަޖު އިސްލާޙްކޮށް ނިމިގެން ކޮޕީއެއް ލިބިއްޖެނަމަ އަޅުވައި ކިޔައިލެވޭނީ. އެއިގެ ކުރިން އެއްވެސް ކޮމެންޓެއް ކުރާކަށް ނެތިން. ނަމަވެސް އެނގޭކަމަކީ ސައުދިއަރަބިޔާއަށް ކުރިމަތިވެފައިވާ ޙާލަތަށް ބަލާއިރު އެމެރިކާ އާއި އދ އިން ދޭ ލަފައާއި އެއްގޮތަށް މަންހަޖަށް ބަދަލު ގެނެސްފިނަމަ ރާއްޖޭގެ ވެސް ދުވަސް ދިއައީކަން." 

ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި މުސްލިމުންނާއި ގުޅުވައިގެން ފަތުރާ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމުގެ ވާހަކަތަކަކީ އިސްލާމް ދީން ބަލިކަށިކުރަން މަގުފަހިކުރަން ބޭނުންކުރާ ހަތިޔާރެކެވެ. "މުސްލިމުންނަށް އެބަ އެނގޭ ވަރަށް ރަނގަޅަށް އެމީހުންކަން ޙައްޤުމަގުގައި ތިބީ. އިސްލާމް ދީން މާތް ﷲ ހިމާޔަތްކުރައްވަވާނެ ކަމަށް އޮތްއޮތުމަކީ އިސްލާމް ދީނުގެ ހިމާޔަތުގައި މަސައްކަތް ނުކޮށް ތިބެން ޖެހޭ ސަބަބެއް ނޫންކަން. އެހެންވީމާ މުސްލިމުން އެކަމަށް މަސައްކަތްކުރަންޖެހޭނެ. އެމަސައްކަތް މުސްލިމުންނަށް ކުރެވެން އޮތް މިންވަރަކަށް އަބަދުވެސް ވަނީ ކޮށްފަ. ކުރިއަށް އޮތްތަނުގައިވެސް ކުރާނެ." 

ރާއްޖޭގެ ޤައުމީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ދާދިފަހުންވެސް ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމާއި ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް