އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އދ އިން ގެންނަ ހިޔުމަން ރައިޓްސް އެމްބެސެޑަރަކީ އިސްލާމް ދީނަށް އަމަލުކުރާ މުސްލިމަކަށް ނުވެއްޖެނަމަ ލިބޭނެ ގެއްލުން ބޮޑު: ތަޖުރިބާ

އދ އިން ގެންނަ ހިޔުމަން ރައިޓްސް އެމްބެސެޑަރަކީ އިސްލާމް ދީނަށް އަމަލުކުރާ މުސްލިމަކަށް ނުވެއްޖެނަމަ ލިބޭނެ ގެއްލުން ބޮޑު: ތަޖުރިބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވަން އދގެ އެމްބެސެޑަރެއް ގެންނަން ސަރުކާރުން މަސައްކަތްކުރާކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު އިއްޔެ ވަނީ ޖެނީވާގައި ވިދާޅުވެފައެވެ. ޝާހިދުގެ މިފައުޅުކުރެއްވުމާއި ގުޅިގެން އދ އިން ގެންނަ ހިޔުމަން ރައިޓްސް އެމްބެސެޑަރަކީ އިސްލާމް ދީނަށް އަމަލުކުރާ މުސްލިމަކަށް ނުވެއްޖެނަމަ ލިބޭނެ ގެއްލުން ބޮޑުވާނެކަން އެއީ މާޒީގައި ރާއްޖެއަށް ކުރަންޖެހިފައިވާ ތަޖުރިބާއެއްކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

އެއީ ދީނީ މިނިވަންކަމަށް ގޮވާލައި އާޓިފިޝަލް ބީޗަށް ނުކުތް 20 ވަރަކަށް ޒުވާނުންނަށް އެކަން ކުރަން ހިތްވަރު ދިނުމުގައި ރާއްޖޭގައި ބޭރުގެ އިދާރާތަކުގެ ދައުރު ބޮޑުކަން އެއިރު ހާމަވެފައި އޮތުމުންނެވެ. ޚާއްޞަކޮށް ރާއްޖޭގައި ހުރި އދގެ އިދާރާގެ ބައިވެރިވުން އެކަމުގައި އޮތްކަން ފާހަގަކުރެވުނެވެ. އެ މައްސަލައިގެ ތަޙްޤީޤް ފެށިކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލަ އާއި ބެހޭ އެއްވެސް މައުލޫމާތެއް ފަހުން ހާމަކޮށްފައި ނުވާތީ އެއިރު ކުރެވުނު ތުހުމަތުތަކުގެ ޙަޤީޤަތް ވަނީ ހާމަނުވެފައެވެ. 

އދގެ ހިޔުމަން ރައިޓްސް އެމެބެސެޑަރުނަގެ ގޮތުގައި މުސްލިމުން ވެސް އެބަ ތިބިއިރު ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ގެންނަ އެމްބެސެޑަރަކީ އިސްލާމް ދީނަށް އަމަލުކުރާ މުސްލިމަކަށް ނުހެދެންވީ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. 

ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ދީނަކަށް އުޅެވެންޖެހޭނެ ކަމަށް އދއިން ބުނަމުން ގެންދާއިރު އެއީ ދިވެހިރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ. އެކަމަށް ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތު ހޯދުމަކީ ދުވަހަކުވެސް ކުރެވޭނެ ވެސް ކަމެއް ނޫނެވެ! އިންޝާ ﷲ! ވީމާ ރާއްޖޭގައި އދގެ އެފަދަ މަންދޫބަކު އައިސް އިތުރު ބައެއްގެ ވިސްނުން ބަދަލުކުރަން ފުރުޞަތު ދެވިގެން ނުވާނެ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

ރާއްޖެއަކީ ދީނީ މިނިވަންކަން އޮތް ޤައުމަކަށް ހަދަން ބޭރުގެ ޤައުމުތަކުން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް ސްކޫލެއްގައި ބޭއްވި ކުރެހުމުގެ މައުރަޒެއްގައި ކިރިތި ޤްރައާނުގައި އޮންން "އަލިފުލާމުމީމު" 3 އަކުރު ބަރަހަނާ އަނހެނެއްގެ ސޫރައިގައި ކުރެއްސުވީ އީޔޫގެ ޤައުމެއްގެ އެމްބަސީން ޚަރަދުކޮށްގެން މުޅި މައުރަޒު ސްޕޮންސަރ ކޮށްގެންނެވެ. އަދި ކުރެވުނު ކަންތައް މޮޅުކަމުން ލަންކާގައި ނުހުރެވިގެން މައުރަޒު ހުޅުވައިދޭން އެމްބަސީގެ އޮފިޝަލަކުވެސް ރާއްޖެ އައެވެ. 

އެކުރެހުމުގެ މައުލޫމާތު ޒުވާނުންގެ ބައަކަށް ލިބިގެން އެތަނަށް ދާކަން ކުރިން އެނގުމުން ކުރެހުން ފޮރުވިއެވެ. އަދި ފޮރުވަމުން ބުނިކަމަށްވަނީ "ނިކަން ބަލަން ތިބެ ބަލާށެވެ! އެމީހުންގެ ކަލާނގެ އެބުނާހައި ކުޅަދާނަ ނަމަ މިތަނަށް އައިސް ދުޢާކޮށްގެން ނިކަން ހޯދައިބަލާށެވެ!" 

މިއިބާރާތުން ބުނި ކަމަށްވަނީ ބޭރުމީހެއް ނޫނެވެ. ދިވެހި މަންމައަކަށާއި ބައްޕައަކަށް ލިބިފައިވާ ދަރިއެކެވެ. މިފަދަ އިބާރާތްތައް ބުނެލަން ކެރޭ ދިވެހިން މިއަދު ތިބެ އަދި މިހާރުވެސް ފައުޅުގައި އެފަދަ ބަސްތައް ބުނަމުން ގެންދާއިރު އެމީހުން ސަރުކާރުގެ ބޮޑެތި މަޤާމުތަކުގައި ތިބުމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. 

އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެކަމަށް މުސްކުޅިން ބުނެ އުޅޭ ބަހަކީ ހުރިހާ ޒަމާނެއްގައިވެސް ބަލައިގަންނަން ޖެހޭނެ ބަހެކެވެ. ވީމާ ހިޔުމަން ރައިޓްސް އެމްބެސެޑަރެއްގެ ނަމުގައި "ޑޭވީ" އެއް ގެނެވިއްޖެނަމަ ޑޭވީ ބާލަން އަންހެންވެރިން ފަލިޖަހާފައި ދިއަ ފަދައިން މިއަދުވެސް ޖެހޭނީ ހަމަ ދާށެވެ. އެފަދަ ކަމެއް މެދުވެރިވުމުން އެކަމަށް ނުކުތީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ސިފަކުރުމަކީ މައްސަލައިގެ ހައްލަކަށް ނުވާނެއެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް