އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފްލެޓްތަކަށް ބަދަލު ގެނައުމުން މިއަހަރާއެކު އެޅޭނީ 7588 ފްލެޓް!: ޢާޠިފާ

ފްލެޓްތަކަށް ބަދަލު ގެނައުމުން މިއަހަރާއެކު އެޅޭނީ 7588 ފްލެޓް!: ޢާޠިފާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ހިޔާ މަޝްރޫޢުގެ ދަށުން ރައީސް ޔާމީނުގެ ސަރުކާރުން އިމާރާތްކުރަން ފެށި 7000 ފްލެޓް އިމާރާތްކުރުމަށް ބަދަލު ގެނެސް 2 ކޮޓަރީގެ ފްލެޓްތައް އިތުރުކުރުމުން 7000 ފްލެޓުގެ ބަދަލުގައި މިހާރު އިމާރާތް ކުރެވޭނީ 3588 ފްލެޓްކަމަށް ހައުސިންގ މިނިސްޓަރު ޢާޠިފާ ޝުކޫރު ވިދާލުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޢާޠިފާ ވަނީ އިތުރު 4000 ފްލެޓް އެޅުމުގެ މަސައްކަތް ސަރުކާރުން މިއަހަރު ފަށާނެ ކަމަށް އިއުލާނު ކުރައްވައިފައެވެ. އެހެންކަމުން ދެ މަޝްރޫޢުގެ ތެރެއިން މިހާރު އެޅޭނީ 7588 ފްލެޓެވެ.

ޢާޠިފާ ވިދާޅުވީ މި ބަދަލު އައިސްފައި މިވަނީ ހިޔާ މަޝްރޫއުގެ ދަށުން ކުރިން އަޅަން ނިންމި 7000 ފްލެޓުގެ މަޝްރޫއަށް ބަދަލު ތަކެއް ގެނެސް އެ މަޝްރޫއުގެ ތެރެއިން 3 ކޮޓަރީގެ 2،484 ފްލެޓާއި 2 ކޮޓަރީގެ 1104 ފްލެޓް އަޅަން ނިންމުމުން ކަމަށެވެ.

ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ނަމުގައި 1 ކޮޓަރީގެ ފްލެޓް ދިނުމުން ލިބިފައި ތިބި ދަރިން ގޮވައިގެން ދިރިއުޅެވޭނެ ގޮތެއް، ދަރިން ލިބުމުން ދިރިއުޅެވޭނެ ގޮތެއް ނުއޮންނާނެކަން ފާހަގަކޮށް ގިނަ ބައަކު އެއިރުވެސް ވަނީ މައްސަލަތައް ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް