އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޮޔާދާ ބުދުފައްޅިއެއް ފެނުން - ރާއްޖޭގަ ފައްޅި އަޅާނެ ކަމަށް ދިން އިންޒާރެއް؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޮޔާދާ ބުދުފައްޅިއެއް ފެނުން - ރާއްޖޭގަ ފައްޅި އަޅާނެ ކަމަށް ދިން އިންޒާރެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އޮޔާދާ ބުދުފައްޅިއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުމަކީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާނެ ފައްޅިތައް އަޅާނެ ކަމަށް ދިން އިންޒާރެއް ނޫންބާވައެވެ! ސިއްރު ފެންފުށީ މޫދުގައި ހެދި މަރުކަޒުގައި ބެހެއްޓި ބުދުތައް ތަޅައިލުމުން ދިން އިންޒާރެއް ނޫން ބާވައެވެ! އަޅުކަން ކުރަން ބޭނުން ކުރާ 28 ބުދު ހިފައިގެން ސުލްޙަވެރި އެއްވުމަކަށް ރާއްޖެއައި އިންޑިއާގެ 4 މީހުން ފޮނުވި ޖަމާއަތާއި މިކަންކަމާއި ގުޅުމެއް ނެތްބާވައެވެ! މިއީ ހަމަ ވިސްނައިލުން މުހިންމު ކަންކަމެވެ. 

"ފްލޯޓިންގ ޓެމްޕަލް" ފެނުނު ކަމަށްވަނީ މަހަށް ނުކުމެ އުޅުނު ރާއްޖޭގެ މަސް ދޯންޏަކަށް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ހުވަދޫ ކަނޑުން 26 ވަރަކަށް މޭލު ބޭރުން ކަމަށް މިއަދު ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރުނެވެ.   

ގިނަ ބައަކު ބުނަނީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާވެސް ކުރިމަތިވީ ލިބެމުން އައި އިންޒާރުތަކަށް ޣާފިލުވެ ނިދާފައި ތިބުމުން ކަމަށްވާއިރު މިފަދަ އިންޒާރުތަކަށް ހޭލުންތެރި ނުވެއްޖެނަމަ ވަރުގަދަ "ހަމަލާ" ތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މިފެންނަނީ އެކަންކަމުގެ ކޮޅުމަތި ކަމަށެވެ. އެއީ އޮޔާދިއަ އެއްޗެއް ކަމަށް ޤަބޫލު ނުކުރާ ކަމަށާއި އެއީ އެ ސަރަހައްދަށް ދޫކޮށްލައި ދިވެހިންނަށް ދިން އިންޒާރެއް ކަމަށް ޤަބޫލުކުރާ ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް