އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޕޮލިސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ސެންޓްރަލް ޕޮލިސިންގ ކޮމާންޑް ހޯދައިފި

ޕޮލިސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ސެންޓްރަލް ޕޮލިސިންގ ކޮމާންޑް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބޭއްވި " ޕޮލިސް ކުލަބު ވެޓަރެންސް ފުޓްސަލް މުބާރާތް" ގެ ޗެމްޕިއަންކަން ސެންޓްރަލް ޕޮލިސިންގ ކޮމާންޑް (ސީޕީސީ) ން ހޯދައިފިއެވެ.

ސީޕީސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ހުޅުމާލެ އެޗްޑީސީ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޓީއާރުސީގެ މައްޗަށް ޕެނަލްޓީން ކުރިހޯދައިގެންނެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 2-2 ން އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ޖެހިޕެނަލްޓީން ޓީއާރުސީގެ މައްޗަށް ސީޕީސީން ކުރިހޯދީ 4-3 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީޕީސީގެ އަޙްމަދު ޝާހިދުއެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ހަނދާނީ ފިލަޔާއި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ޓީމުތަކަށާއި ކުޅުންތެރިންނަށް ޓްރޮފީއާއި މެޑަލް ދީފައިވެއެވެ. މިފަރާތްތަކަށް ޓްރޮފީއާއި މެޑަލް އަދި ހަނދާނީ ފިލާ ބައްސަވާ ދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި އަސްކޮއި ޓްރެވެލް ސަރވިސަސްގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ރަޝީދުއެވެ.

މި މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް މެރިނަރސް ކުލަބު ހޮވުނުއިރު ފެއަރ ޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ސީޕީސީގެ އިބްރާހިމް ޝާހިންއެވެ. މުބާރާތުގެ އެންމެ ރީތި ޖާޒީއަކަށް އައިއެސްޑީ ވެޓަރެންސްގެ ޖާޒީ ހޮވުނުއިރު މުބާރާތުގައި އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ޓީއާރުސީއެވެ. މުބާރާތުގެ 40 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޓީއާރުސީގެ ޢަބްދުލް މާޖިދު މޫސާއެވެ. އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީއައިސީ ވެޓަރެންސްގެ މުޙައްމަދު ޝަހީމްއެވެ.

 

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީޕީސީގެ އަޙްމަދު ޝާހިދުއެވެ. އަޙްމަދު ޝާހިދުއަށްވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސްޕޮންސަރކޮށްފައިވާ އަސްކޮއި ޓްރެވެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަދިޔާކޮށްފައިވާ ޢުމްރާ ދަތުރު ލިބިފައެވެ. މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާއި ޢުމްރާ ދަތުރުގެ ވައުޗަރ ހަވާލުކޮށްދެއްވީ އަސްކޮއި ޓްރެވަލް ސަރވިސަސްގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ރަޝީދުއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސީޕީސީ އަޙްމަދު ޝާހިދު އާއި ޓީއާރުސީގެ އަޙްމަދު އަޝްފާޢު އާއި އިބްރާހިމް އަލިފުޅު އާއި ސީޕީސީގެ މުޙައްމަދު ޒުހާން އާއި އީއެމްއީއެސް ކުލަބުގެ މުޙައްމަދު އިޝާޢުއެވެ.

މުބާރާތުގައި 11 ލަނޑުޖަހައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމަށް އައި ކުލަބުގެ ޔާސިރު ސަލީމް ހޮވުނުއިރު މުބާރާތުގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ ސީޕީސީގެ މެނޭޖަރު ރަހުމާ ސަޢީދުއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސީޕީސީގެ ކޯޗު މުޙައްމަދު ޝިހާމްއެެވެ.

ޕޮލިސް ކުލަބު ވެޓަރެންސް ފުޓްސަލް މުބާރާތަކާއި މިއަހަރު މުޅިން އަލަށް ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެކެވެ. މި މުބާރާތަކީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 35 އަހަރުން މަތީގެ މުވައްޒަފުންނަށް ފުޓްސަލް ކުޅުމުގެ ފުރުޞަތު ހޯދައިދީ، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުން ފެބްރުއަރީ މަހުގެ 23 ން މާރިޗު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގައި ޖުމްލަ 11 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ކުއާޓަރ ފައިނަލަށް ދާގޮތަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ